ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފޯމު ހުށަހަޅަން ޖެހޭ ޕޯޓަލް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުލުވާލައިފި އެވެ.
އިންތިހާބަށް ކުރިމަތިލާން ފުރުސަތު ހުޅުވާލަނީ މި މަހުގެ 17ވަނަ ދުވަހު އެވެ. އެކަމަކު އޭގެ ކުރިން ވަނީ ފޯމު ފުރޭނެގޮތް ހަމަޖައްސާފަ އެވެ.
އެ ކޮމިޝަނުން ބުނީ ފޯމު ހުށަހަޅަން ޖެހޭ ތާރީހުގެ ކުރިން ޕޯޓަލް ހުޅުވާލުމުން، ޕޯޓަލްއަށް އަހުލުވެރި ވާން ވަގުތު ލިބި ސިޔާސީ ޕާޓީތަކަށާއި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވެސް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
އިންތިހާބަށް ކުރިމަތިލާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފުރިހަމަކޮށް، ލިޔެކިޔުންތައް އަޕްލޯޑުކޮށް، ސޭވްކޮށްފައި މިހާރު ބެހެއްޓޭނެއެވެ. އެއިރުން އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމުން ކުރަންޖެހޭ މަސައްކަތް ލުއިވާނެ އެވެ.
އެ ކޮމިޝަނުން ބުނީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން މައި ޕޯޓަލްއަށް ލޮގިން ވާނީ އެ މީހެއްގެ އީފާސް އެކައުންޓް މެދުވެރިކޮށް ކަމަށެވެ.
އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ހައިސިއްޔަތުގެ ގޮތުގައި ސިޔާސީ ޕާޓީއެއް އިހްތިޔާރުކޮށްފި ނަމަ އެ ޕާޓީއަކުން އެ ކެންޑިޑޭޓް އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ އެވެ. ސިޔާސީ ޕާޓީތަކުން މި ރިކުއެސްޓްތައް ޕްރޮސެސް ކުރާނީ ސިމެދަ ޕޯޓަލް އިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ކައުންސިލް އިންތިހާބު އޮންނާނީ އަންނަ 4 އޭޕްރީލްގަ އެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވާ މެދު ފެންނަ ނުފެންނަ ވޯޓެއް އެ ދުވަހު ނެގުމަށް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ "ރެޑް އެލާޓް" އަށް
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
