މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާގެ ކުރިއަށް އޮތް ފިލްމު "ދަ ބްލަފް"ގައި އޭނާ ދައްކުވައިދޭ ކެރެކްޓަރު ކަމަށްވާ "ބްލަޑީ މޭރީ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި އެވެ.
ޕްރިޔަންކާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ވަނީ "ދަ ބްލަފް"ގެ މަންޒަރެއް ދައްކުވައިދޭ ފޮޓޯއެއް ހިމަނާފަ އެވެ.
އެ ފޮޓޯގައި ފެންނަނީ ޕްރިޔަންކާއާއި އޭނާއާއެކު އެ ފިލްމުން ފެންނަ އެހެން ތަރިއެއް ކަމަށްވާ ކާލް އާބަންއާ ދެމެދު ހިނގާ ކުރިމަތިލުމެކެވެ.
އެގޮތުން އެ ކުރިމަތިލުމުގައި ޕްރިޔަންކާ ކަނޑިއަކުން ކާލްއަށް ހަމަލާ ދޭ މަންޒަރު ފެންނައިރު ކާލް ވެސް އެ ހަމަލާއިން ދިފާއުވާން މަސައްކަތް ކުރެ އެވެ.
އެ ފޮޓޯއާއެކު ޕްރިޔަންކާ ބުނެފައިވަނީ ބްލަޑީ މޭރީއަކީ މަންމައެއްގެ އިތުރުން ވެސް އެހެން މީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ވަރަށް ވަރުގަދަ ޝަހްސިއްޔަތެއް ކަމަށެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "ދަ ބްލަފް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ޕްރައިމް ވީޑިއޯގަ އެވެ.
ރޯދަޔާ ދިމާކޮށް 86 މިލިއަން ރުފިޔާގެ މަސްދަޅު ކޭސް ބަހަނީ