ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި އަހުމަދު ޝަމާހު ރަޝީދު ކަމަށް ބުނެ، އެ ކުންފުނީގެ ތެރެއިން އެ ކުންފުނީގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ދައްކާފައިވާ ވާހަކަތަކެއް އިވޭ އޯޑިއޯއެއް ރޭ ލީކު ކޮށްލާފައިވީ ނަމަވެސް އެއީ އޭނާގެ އަޑު ނޫން ކަމަށް ޝަމާހު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ އެ އޯޑިއޯ އިން ދެމީހެެއްގެ އަޑު އިވޭއިރު އޭގެ ތެރެއިން އެކަކީ ޝަމާހު ކަމަށް ބުނެ ދަނީ އަަޑުފަތުރަމުންނެވެ. ޝަމާހު ކަމަށް ތުހުމަތު ކުރެވޭ މީހާ އެ އޯޑިއޯގައި ބުނެފައިވަނީ އޭނާ މިފްކޯގައި ކޮރަޕްޝަނުގެ ތެރެއިން "ޕައިޕްލައިނަށް" އަޅާ ފައިސާ އަށް ވުރެ މާ ގިނައިން ސްޓެލްކޯގައި ކޮރަޕްޝަނުގެ ތެރެއިން ފައިސާ ހޯދާ ކަމަށެވެ. އަދި އޭނާ ސްޓެލްކޯގައި ކޮށްފައިވާ ކަންތައްތައް އެނގިއްޖެނަމަ ސަރުކާރުގެ އިސް ބޭފުޅުން ނޯށުން ރޯނެ ކަމަށް ވެސް ޝަމާހު ކަމަށް ބެލެވޭ މީހާ ވިދާޅުވެ އެވެ.
އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޝަމާހު ވިދާޅުވީ އެ އޯޑިއޯއަކީ ބަޔަކު އުފައްދާފައިވާ އެއްޗެއް ކަމަށާއި އޭގައި އިވެނީ އޭނާގެ އަޑެއް ނޫން ކަމަށެވެ.
ޝަމާހު ވިދާޅުވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވިއިރު، ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.
ލީކްވި އޯޑިއޯގައި ޝަމާހު ކަމަށް ބެ؛ލެވޭ މީހާ ބުނަނީ "ސްޓެލްކޯގައި މަގޭ ކުޅިވަރު" އެނގޭނީ އަޒްހަދާއި ސާއިދަށް ކަމަށެވެ. އެ އޯޑިއޯ ލީކްވެފައި ވަނިކޮށް ސްޓެލްކޯގެ ޕްރޮކިޔުމެންޓް ހެޑް އަޒްހަދު ރަމީޒު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ޖޫރިމަނާ ކުރީ ހުއްދަވެސް ނެގި ފަހުން
ޑްރަގްގެ ބޮޑު މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި
ކަށިތަކުގެ ދުޅަހެޔޮ ކަމަށް ބޭނުންވަނީ ދުވާލަކު 2 މިނެޓު!

މި ސަރުކާރުގައި ފްރޭމްކުރުން ވވވވވވ. ބޮޑު ދެރަކަމެއް އަދި މީހުން ސަމާލުވާންޖެހޭ ކަމެއް
ރިޕްލައި