ބައިނަލްއަގްވާމީ މުނިފޫހިފިލުވުމުގެ ދާއިރާގައި އެކި އުމުރުތަކުގެ ފަންނާނުން ހަރަކާތްތެރިވާއިރު ހަގު އެކްޓަރުންނަށް އެ އެކްޓަރުންނަށް ލިބެންވާ ހައްގު ތައުރީފު ލިބެނީ މަދު ފަހަރަކު އެވެ.
އެހެން ނަމަވެސް ނެޓްފްލިކްސްގެ ސީރީޒް "އެޑޮލެސެންސް"އިން ފެނިގެންދާ އެންމެ 16 އަހަރުގެ އޮވެން ކޫޕާ މިވަނީ ހޮލީވުޑްގައި ތާރީހީ ކާމިޔާބީއެއް ހޯދައި ރެކޯޑެއް ވެސް މުގުރާލާފަ އެވެ.
އެގޮތުން މިދިޔަ އަހަރުގެ އެމީ އެވޯޑުގައި އޭނާއަށް ލިބުނު އެވޯޑާއެކު އޮވެން ވަނީ އެންމެ ހަގު އުމުރުގައި އެމީ އެވޯޑެއް ހާސިލްކުރި އެކްޓަރުގެ ޝަރަފު ހޯދާފަ އެވެ.
ހަމައެއާއެކު ދާދި ފަހުން ބޭއްވި ގޯލްޑަން ގްލޯބް އެވޯޑްސްގައި އޭނާއަށް ލިބުނު "ބެސްޓް ޕާފާމަންސް އިން އަ ސަޕޯޓިން ރޯލް- މޭލް"އާއެކު އޭނާ ވެފައިވަނީ އެ އެވޯޑް ހާސިލްކުރި ދެވަނައަށް އެންމެ ހަގު އެކްޓަރަށެވެ.
މީގެ އިތުރުން ވެސް އެ އެވޯޑާއެކު އޮވެންއަކީ ހޮލީވުޑްގެ އެންމެ ބޮޑު އެވޯޑްތައް ކަމަށްވާ އެމީ އެވޯޑް، ކްރިޓިކްސް ޗޮއިސް އެވޯޑް އަދި ގޯލްޑަން ގްލޯބް އެވޯޑް އެންމެ ހަގު އުމުރުގައި ހާސިލްކުރި އެކްޓަރެވެ.
"އެޑޮލޮސެންސް"ގައި އޮވެން ދައްކުވައިދޭ ޖޭމީ މިލާގެ ރޯލަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން ދާއިރު އޭނާގެ ހުށައެޅުމަކީ ވެސް އެ އުމުރުގެ ފަންނާނަކަށް ބަލާއިރު މޮޅު ހުށައެޅުމެއް ކަމަށް އެ މީހުން ބުނެ އެވެ.
ހޫނުގަދަ ދުވަހެއްގައި ހެދުން އަޅާއިރު ސަމާލުވާންވީ ދެތިން ކަމެއް!
ތިނަދޫ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި
މީހަކު ރަނީނުކޮށްގެން އުޅުނު ބަޔަކު ހައްޔަރުކޮށްފި