އަވަށްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހީން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަން ނުޖެހޭނެކަން ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ހުންނަ ލަންކާ ހައިކޮމިޝަނުން މިއަދު ނެރުނު ނޯޓިހެއްގައި ބުނީ އެ ގައުމަށް ދަތުރުކުރާ ދިވެހީންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެކަމަށާއި އެ ގައުމަށް ޗުއްޓީއަށް ދިވެހީން ދަތުރުކުރާއިރު އީޓީއޭ ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ހައިކޮމިޝަނުން ނޯޓިސް ނެރެފައިވާއިރު، ކުރިންވެސް އޮންނަނީ ދިވެހިންނަށް ލަންކާއަށް ދިއުމުން އޮންއެރައިވަލް ވިސާ ލިބޭގޮތަށެވެ. އަދި އީޓީއޭ ވެސް ހުށަހަޅާކަށް ނުޖެހެ އެވެ. ނަމަވެސް ދިގު މުއްދަތަކަށް މަޑުކުރާނަމަ ވިސާ ހައްދަން ޖެހެ އެވެ.
ދިގު މުއްދަތަކަށް ލަންކާއަށްދާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ހައި ކޮމިޝަނަރު މަސްއޫދު އިމާދު އެ ގައުމުގެ މީޑިއާއަކަށް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެ އިންޓަވިއުގައި އޭނާ ވަނީ ދޮންމަންމައަކު ކަންކުރާ މޭރުމުން ދިވެހީންނާ މެދު ކަން ކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. އަދި، ދޮން މީހުންނާއި ދިވެހީންނާ ތަފާތުކުރާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރައްވާފަ އެވެ.
ބޭސްފަރުވާއާއި ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހީން ލަންކާއަށް ދަތުރުކުރެ އެވެ. އަދި، ވަރަށް ގިނަ ދިވެހީން ލަންކާގައި ދިރިއުޅެ އެވެ.
ކުދި ކަންނެލި 20 ރުފިޔާއަށް މިފްކޯއިން ގަންނަން ފަށައިފި
ކާންޔޭގެ ޝޯއެއް އަންނަ އޭޕްރީލް މަހު އިންޑިއާގައި!
ރާނީ އޭނާގެ ދަރިފުޅު ދެކެ ބިރު ގަންނަނީ މިހެންވެ!