ޖުމްލަ 16 ނޮމިނޭޝަންއާއެކު މިިިދިޔަ އަހަރު ނުކުތް މަުބޫލު ބިރުވެރި ފިލްމު "ސިނާސް"އިން އޮސްކާ އެކަޑަމީ އެވޯޑުގެ ރެކޯޑެއް މުގުރާލައިފި އެވެ.
އިއްޔެ އިއުލާންކުރި އޮސްކާ ނޮމިނޭޝަންތަކުގައި އެ ފިލްމަށް އެކި ކެޓަގަރީތަކުން 16 ނޮމިނޭޝަން ލިބިފައި ވުމާއެކު އެ ފިލްމު ވެގެން ގޮސްފައިވަނީ އޮސްކާގެ ތާރީހުގައި ވެސް އެއް ފިލްމަކަށް އެންމެ ގިނަ ނޮމިނޭޝަންޔ ލިބުނު ފިލްމަށެވެ.
އެގޮތުން "ސިނާސް" ނޮމިނޭޓް ވެފައިވާ ކެޓަގަރީތަކުގެ ތެރޭގައި "ބެސްޓް ސަޕޯޓިން އެކްޓްރެސް"، "ބެސްޓް މޭކަޕް އެންޑް ހެއާ ސްޓައިލިން"، "ބެސްޓް ކާސްޓިން" އަދި "ބެސްޓް އޮރިޖިނަލް ސޯންގް" ހިމެނެ އެވެ.
ހަމައެއާއެކު ވެސް އެކްޓިން، ޓެކްނިކަލް އަދި މިއުޒިކްގެ އެހެން ކެޓަގަރީތަކުން ވެސް އިތުރު އެވޯޑްތަކަށް އެ ފިލްމު ނޮމިނޭޓް ވެފައިވެ އެވެ.
މީގެ ކުރިން އެއް ފިލްމަކަށް އެންމެ ގިނަ ނޮމިނޭޝަންތައް ލިބުމުގެ ޝަރަފު އޮތީ "އޯލް އަބައުޓް އީވް"، "ޓައިޓޭނިކް" އަދި "ލާ ލާ ލޭންޑް" އަށެވެ. އެއިން ކޮންމެ ފިލްމަކަށް ވެސް 14 ނޮމިނޭޝަން ލިބުނެވެ.
މިއަހަރުގެ ނޮމިނޭޝަންތަކުން ފާހަގަ ކޮށްލެވުނު އެހެން ފިލްމުތަކުގެ ތެރޭގައި "ވެޕަންސް" އަދި " ވަން ބެޓްލް އާފްޓާ އަނަދާ" ހިމެނެ އެވެ.
98 ވަނަ އޮސްކާ އެކަޑަމީ އެވޯޑް ބާއްވަން ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 15 ވަނަ ދުވަހު އެމެރިކާގެ ލޮސް އެެންޖަލަސްގަ އެވެ.
ކުދި މަތިންދާ ބޯޓްތަކުން ދެކުނުގެ ހަތަރު އަތޮޅު ގުޅާލަނީ
ދަންވަރު މާ ގިނައިން ހޭލެވެނީ މިހެންވެ!
"އަމިއްލަ ކެންޑިޑޭޓުންނަށް ނުފޫޒު ފޯރުވަން އީސީން މަގުފަހިކުރޭ"