ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށްޓަކައި "ދޭތިން އެކައްޗަށް" ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުން މާލޭގެ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުން ދަނިކޮށް އެ ޕާޓީގެ ދެ ގާނޫނީ ވަކީލަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ހައްޔަރުކުރީ ގާނޫނީ ވަކީލު މުހައްމަދު ރާޣިބު އަހްމަދާއި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އެ ދެ ބޭފުޅުން ވެސް ހައްޔަރުކުރީ ގާނޫނީ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ޕާޓީގެ އޮފީހުން ނުކުމެވަޑައިގެން ދަނިކޮށް ކަމަށެވެ.
"އަޅުގަނޑު ގޮވާލަން ހައްޔަރުކުރެވުނު އަޅުގަނޑުމެންގެ ލީގަލް ޓީމްގެ ދެ ބޭފުޅުން ކަމުގައިވާ އުސްތާޒް ތާޣިބާއި އުސްތާޒް މޫސާ ފަތުހީ މިހާރުން މިހާރަށް ދޫކޮށްލުމަށް. އަދި އަޅުގަނޑުމެންގެ ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރެވުނު އެހެން ބޭފުޅުން ވެސް މިހާރުން މިހާރަށް ދޫކޮށްލުމަށް އަޅުގަނޑު ގޮވާލަން،" ޝިޔާމް ވިދާޅުވި އެވެ.
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ގާނޫނީ ވަކީލުން ހައްޔަރު ކުރި ކުރުމަކީ އެއީ ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުން ދޫކޮށްލުމަށް އޭނާ ވެސް ގޮވާލެއްވި އެވެ.
މިރޭ މުޒާހަރާ ކުރަމުން ދަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ސަރުކާރަށް މިވަނީ ކަންބޮޑުވެ ހާސްވެ ގޮތް ހުސްވެފައި ފުލުހުންގެ އެއް ރުލުމާއެކު މި ސަރުކާރު ގިއްގަޅުވާލެ ވޭނެ. އިންޝާﷲ