ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ބިލަށް ޑިސްކައުންޓު ދޭން ވަކި ބިލުތަކެއް ތައްޔާރުކުރަން ރީޑިން ނެގުމުގެ މަސައްކަތް މި ހަފްތާގައި ކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ރޯދަ މަހު ކޮންމެ ގެއެއްގެ ކަރަންޓު ބިލަށް ދައްކަން ޖެހޭނީ ގިނަވެގެން 400ރ. ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައި އެވެ. އެމަނިކުފާނު އެގޮތަށް ނިންމެވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިދިޔަ ނޮވެމްބަރުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ ރޯދަމަހު ކޮންމެ ޑޮމެސްޓިކް ބިލަކަށް ނަގާނީ ގިނަވެގެން 400ރ. ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ރޯދައަށް ވަކިން ބިލު ހެދުމަށް ރީޑިން ނެގުމުގެ މަސައްކަތަށް މި މަހުގެ 16 އަދި 17 ވަނަ ދުވަހު ސްޓެލްކޯގެ މުވައްޒަފުން ކުރާނެ ކަމަށާއި އެހެންވެ ގޭގެއިން އެކަމުގައި އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.
މިދިޔަ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ޑިސްކައުންޓު ދީފައި ވެ އެވެ. އެ ފަހަރު ޑިސްކައުންޓު ދިނުމަށްޓަކައި ސްޓެލްކޯ އިން ވަކި ބިލެއް ތައްޔާރުކޮށް ގޭގެ އަށް ފޮނުވި އެވެ.
އެހެން ނަމަވެސް ޖެހިގެން އައި މަހުގައި ގޭބިސީތަކުގެ ކަރަންޓުބިލުތައް އިންތިހާއަށް ބޮޑުވެ، އާންމުރައްޔިތުންގެ ޝަކުވާތައް ގިނަވި އެވެ. މިފަހަރު ވެސް އެގޮތަށް ކަންތައް ވެދާނެ ކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ކުޅިވަރު އެވޯޑަށް ރައީސް މުއިއްޒުގެ ދަރިކަލުން ނޮމިނޭޓް ވެއްޖެ
2،600 ޓޫރިއްޓުންނާ އެކު ކްރޫޒްލައިނާއެއް ރާއްޖޭގައި
ފުރާވަރު އުމުރު: ސަމާލުވާންޖެހޭ މުހިއްމު މަރުހަލާއެއް!