މާލޭގެ މަސްމާރުކޭޓާ ހަމައިން ބާޒާރުމަތީ ފިހާރަތަކާ ހަމައަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުގައި އެއްކޮށް ތާރުއަޅައި ނިންމާލައި އާންމުންނަށް ހުޅުވާލައިފި އެވެ.
މަގުފުޅާކޮށް އަލުން ތަރައްގީކޮށްފައި ވަނީ ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރޭ ފަތިހު އެ މަގު ހުޅުވާލީ ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ކަމަށެވެ.
މީގެކުރިން ވަނީ މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ސަރަހައްދުގެ މަގުފުޅާކޮށް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފަ އެވެ.
އެ ސަރަހައްދުގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފަސޭހަވާނެހެން، ހަތަރު ލޭނަަށް މަގު ފުޅާކޮށް، މަގުގެ ދެ ފަރާތުގައިވާ ދުވާރު ވަނީ ފުޅާކޮށްފަ އެވެ.
އެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީންނެވެ.
މާލޭގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ޗައިނާގެ އެހީގައި މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މައިމުޅަވުމުން ވެސް ތަރިކައިން ގޯތި ލިބޭ ގޮތް ހަދަން އިސްލާހެއް
ޓޮމް ކްރޫޒް ރޭލު މަތީގައި އިން ވީޑިއޯއާއެކު ކަންބޮޑުވުން
ޝައިހު އިބްރާހީމްގެ ހާލު ގޯސްވެ ފަރުވާދެނީ
