ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.

މިއީ މިއަހަރު ޓީ-ބިލް ވިއްކަން ހުޅުވާލި ހަތަރު ވަނަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި މާޗް 23 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދެއްކުމަށް ވިއްކާ 300 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި ޖޫން 1 ވަނަ ދުވަހަށް އަނބުރާ ދެއްމުކަށް ވިއްކާ 50 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

މީގެ އިތުރުން އޮގަސްޓް 24 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 57 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އަންނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 759 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް އާންމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ސަރުކާރުގެ ބައެއް ކުންފުނިތަކުންނެވެ.