މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއްގައިވާ ގޮތުން، މީހަކު ރަހީނުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ، އިގްބާލް މިއާ ކިޔާ މީހެކެވެ.
އެ މީހާ ވަނީ ބިދޭސީ މީހަކު ރަހީނުކޮށްގެން ގެންގުޅެ، އޭނާއަށް އަނިޔާކޮށްފައި ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެ އެވެ. އޭނާ ކުށްކުރި ކަމަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.
އިގްބާލް މިއާ ރާއްޖޭގައި އުޅެނީ ގަވައިދާ ޚިލާފަށް ކަމަށް ފާހަގަކޮށް، ކޯޓުން ވަނީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަވެދާނެ ކަމަށް ފެންނަ ކަމަށް ވެސް ފާހަގަކޮށްފަ އެވެ.
އިއްޔެ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހު ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު، އެމީހުންގެ ތެރޭގައި ޖެހޭ ބައެއް މައްސަލަތަކުގައި ބިދޭސީން ރަހީނު ކުރުމާއި އަނިޔާކުރުން ފަދަ ބައެއް މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ.
ރޯދަ މަލާފަތް: ކަނޑު ކުކުޅު
އިންޑިއާގެ އެންމެ އަގުބޮޑު ޓީވީ ހޮސްޓުންނަކީ މިއީ!