"ހުރިހާ"އިން މި ރޯދަ މަހު ގެނެސްދޭ ރޯދައިގެ ސުވާލާއި ޖަވާބު ސެގްމެންޓަކީ ރަމަޟާން މަހުގެ އަޅުކަމާ ގުޅުވައިގެން އުފެދޭ ބައެއް އާއްމު ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ. މި ސެގްމެންޓްގައި ގެނެސްދޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަކީ ދީނީ އިލްމުވެރިއެއް ކަމަށްވާ އާސިމް އަލް ހަކީމް ގެ ދީނީ ދަރުސްތަކުންނާއި ވީޑިއޯތަކުން ނަގާފައިވާ މައުލޫމާތެވެ.
ރަމަޟާން މަހަކީ ރަހުމަތާއި ބަރަކާތުގެ މައްސަރަކަށް ވާއިރު އެ މަހުގައި ދުއާ އިޖާބަ ކުރެއްވެވުން އިތުރު ކުރައްވަ އެވެ. އެގޮތުން ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ވެސް ވަކި ވަގުތެއްގައި ދުއާ އިޖާބަ ކުރެއްވެވުން ގާތް ކަމަށް ވާރިދު ވެގެންވެ އެވެ.
ސުވާލު: ރޯދަ މަހު އެންމެ ގިނައިން ދުއާ އިޖާބަ ކުރައްވާ ވަގުތަކީ ކޮބާ؟
ޖަވާބު: ރަމަޟާން މަހުގެ އެހެން ހުރިހާ ވަގުތަކަށްވުރެ ވަކި ވަގުތެއްގައި މާތް ﷲ އެކަލާނގެ އަޅުތަކުންގެ ދުއާ އިޖާބަ ކުރެއްވެވުން އިތުރު ކުރައްވަ އެވެ. އެއީ ރޯދަވެރިޔާ ރޯދަ ވީއްލާ ވަގުތެވެ.
އެގޮތުން ރޯދަ ވީއްލާ ވަގުތަކީ ރެއާދުވާލުގެ އެހެން އެއްވެސް ވަގުތަކަށްވުރެ ދުއާ އިޖާބަ ކުރެއްވެވުން ގާތް ވަގުތެއް ކަމަށް ކީރިތި ރަސޫލާގެ ސައްހަ ހަދީޘްތަކުން އައިސްފައިވެ އެވެ.
އެހެން ނަމަވެސް ސަމާލުވާންޖެހޭ ކަމަކީ ރޯދަ ވީއްލާ ވަގުތު ދުއާ އިޖާބަ ކުރެއްވުމުގެ ފުރުސަތު އެންމެ ބޮޑީ ރޯދަ ވީއްލުމުގެ ފަހަށްވުރެ ރޯދަ ވީއްލުމުގެ ކުރިން ކަމެވެ. އެގޮތުން ކަދުރަކުން ރޯދަ ވީއްލުމުގެ ކުރިން ދުއާ ކުރަން އާދަ ކުރާށެވެ.
ޖަވާބު ދެއްވީ: ޝެއިޚް އައްސިމް އަލް ޙަކީމް

"ނެސްލޭ"ގެ އުފެއްދުންތައް ބޭނުން ކުރުމުން ސްވަރާ ހޫނު ފެނަށް!
ޓެލެކޮމް ދާއިރާއިން ދިރާގަށް އެވޯޑެއް ލިބިއްޖެ
މާލޭގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު މަރުވެއްޖެ