މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޯޕަރޭޓް ޓީޝާޓް ވެސް ވެރިކަންކުރާ ޕީއެންސީ ޕާޓީ ވިލު ނޫ ކުލައަށް ބަދަލުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ޔުނީފޯމެއްގެ ފޮޓޯއިން ފެންނަ ގޮތުން މުޅި ޔުނީފޯމު ޑިޒައިން ކޮށްފައި ވަނީ ޕީއެންސީގެ ކުލައިންނެވެ.

ކުރިން އެމްއޭސީއެލްގެ ކޯޕަރޭޓް ޓީޝާޓު ހުންނަނީ ގަދަ ނޫކުލައިގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަރާއިރު ފެންނަ ނަންބޯޑު ޕީއެންސީ ކުލައިގައި

މި ސަރުކާރު އައިފަހުން އެމްއޭސީއެލްގެ އާ ޓާމިނަލް ނިންމައި ހުޅުވިއިރު، އެތަނުގެ ޑިޒައިންތަކުގެ ވެސް އެންމެ މައިގަނޑު ކުލައަކަށް ބޭނުންކޮށްފައި ވަނީ ޕީއެންސީ ކުލަ އެވެ. އަދި ބައެއް ޔުނީފޯމްތައް ވެސް މިހާރު ވަނީ އެ ކުލައިގެ އެކި ޝޭޑްތަކަށް ބަދަލުކޮށްފަ އެވެ.

ކުރިން ޕީއެންސީއިން އިދިކޮޅުގައި ތިބިއިރު، އެމްޑީޕީގެ ކުލަ ބައެއް ކުންފުނިތަކާއި ސަރުކާރުގެ އެކި ކަންކަމުގައި ބޭނުން ކުރާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެ އެވެ. ނަމަވެސް މިހާރު ޕީއެންސީން ގެންދަނީ ކުންފުނިތަކާއި ސަރުކާރުގެ އެކި ހަފްލާތަކުގައި ގެންދަނީ ޕީއެންސީގެ ކުލަ ބޭނުން ކުރަމުންނެވެ.