މެލޭޝިއާގައި ހަލުވިކަމާއެކު ކެއްސުންބަލި ނުވަތަ ޓީބީ ފެތުރެމުންދާތީ، ރާއްޖޭގައި އެކަމުގެ ނުރައްކާ އޮތް މިންވަރު ބެލުމަށް ރިސްކް އެސެސްމަންޓް ހަދަން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި އެސެސްމެންޓް ހަދަން ފަށާފައިވާ އިރު އެ އޮތޯރިޓީން ބުނީ މެލޭޝިއާއަކީ ދިވެހިން ގިނައިން ދަތުރުކުރާ ގައުމަކަށް ވާތީ، މި އެސެސްމަންޓް ނިމުމުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ،
2023 ވަނަ އަހަރު މެލޭޝިއާގައި ޓީބީ ޖެހުނު މީހުންގެ އަދަދު 5.5 އިންސައްތަ އިތުރުވެފައިވާއިރު، މި އަހަރުގެ ކުރީކޮޅުވެސް ބަލިޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް މެލޭޝިއާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ ސަބާ، ސެލަންގޯ އަދި ސަރަވަކް ސަރަހައްދުތަކުންނެވެ.
ޓީބީއަކީ ބަލިޖެހިފައިވާ މީހަކާ ގާތްކޮށް އުޅުމުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. މި ބަލި އިތުރުވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ނިޒާމު ބަލިކަށިވުމާއި، ބަލި ދެނެގަތުން ލަސްވުމުގެ އިތުރުން ފަރުވާ ފުރިހަމަނުކުރުން ހިމެނެއެވެ. ނަމަވެސް މިއީ އަވަހަށް ދެނެގަނެވިއްޖެނަމަ ފަރުވާކޮށްގެން މުޅިން ފަސޭހަކުރެވޭ ބައްޔެކެވެ.

ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ފުރޮޅާލައިފި
ރަމަޟާން މަހަކީ އަޅުކަމުގައި އުޅެންވީ މައްސަރު: ހުތުބާ
ގާސިމް މާމިގިލީގައި ބިނާކުރި ބޮޑު މިސްކިތް ހުޅުވައިފި