އީރާނުގެ ސިޓީތަކަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ ހަތަރު އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ބުނެފި އެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އައިއާރުޖީސީ އިން ދިން މި މިސައިލް ހަމަލާތައް އަމާޒުކޮށްފައިވަނީ ގަތަރުގައި އޮންނަ އަލް އުދައިދު އެއާ ބޭސް، ކުވެއިތުގައި އޮންނަ އަލް ސާލިމް އެއާ ބޭސް، ޔޫއޭއީގައި އޮންނަ އައްޛަފްރާ އެއާ ބޭސް އަދި ބަހްރޭންގައި އޮންނަ އެމެރިކާގެ ފިފްތް ފްލީޓް (ފަސްވަނަ ފްލީޓް) މަރުކަޒަށެވެ.
މީގެ އިތުރުން ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުން ވެސް ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް އޭއެފްޕީން ވަނީ ރިޕޯޓުކޮށްފަ އެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ވަނީ ވަރަށް ރަހުމުކުޑަ ވައިގެ ހަމަލާތަކެއް ދީފަ އެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ހަމަލާތައް ދީފައި ވަނީ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި ކަމަށާއި، މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން އީރާނުގެ ހިތްވަރުގަދަ ރައްޔިތުން ދުޝްމަނުންގެ ނާތަހުޒީބު އަމުރުތަކަށް ބޯލަނބާނެ ކަމަށް އެމީހުން ހީކުރާ ކަމަށެވެ.
އިޒްރޭލުން މިހާރުވެސް ގެންދަނީ އީރާނަށް ހަމަލާދެމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރޯދަ މަލާފަތް: ތަފާތު ކޮށްލަން ކަށިކެޔޮ ކަނދި ކިހިނެއް ވާނެ؟
ދައުވާ ކޮށްގެން ކެމްޕޭނު ހަރަކާތް ނުހުއްޓުވޭނެ: މައުރޫފު