ޓްރީ ޓޮޕް ހޮސްޕިޓަލުގެ 8 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މުޅި މާޗް މަހު ޑިސްކައުންޓްތަކެއް ދިނުމަށް އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ވޭތުވެދިޔަ އަށް އަހަރުގެ ކާމިޔާބީއާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރުގެ މާރިޗު މަހު އެ ހޮސްޕިޓަލުގެ 8 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ވަނީ ތައްޔާރުވެފަ އެވެ. 1 މާރިޗު 2018 ގައި ހިދުމަތް ދޭން ފެށި މި ހޮސްޕިޓަލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވައި، ބޭރު ޤައުމުތަކަށް ބޭސްފަރުވާއަށް ދާންޖެހޭ މިންވަރު މަދުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ ސިއްހީ ހިދުމަތް ރާއްޖޭގައި ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

210 އެނދުގެ ޖާގައާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކޮށްފައިވާ އައި.ސީ.ޔޫ، ކެތު ލެބް، އެން.އައި.ސީ.ޔޫ، އެޗް.ޑީ.ޔޫ، ފާޓިލިޓީ ސެންޓަރު، ޑަޔަލަސިސް ސެންޓަރު އަދި ކީމޯތެރަޕީގެ ހިދުމަތްދޭ އޮންކޮލޮޖީ ކްލިނިކް ހިމެނެ އެވެ. އަދި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ލެބޯޓްރީގެ ހިދުމަތްތަކުގެ އެހީގައި، ބަލިމީހުންނަށް ރައްކާތެރި އަދި އަވަސް ހިދުމަތެއް ދިނުމަށް އެ ހޮސްޕިޓަލުން އަބަދުވެސް އިސްކަންދެ އެވެ.

8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މުޅި މާޗް މަހުގެ ނިޔަލަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭން ނިންމާފައިވާ ހާއްސަ ޑިސްކައުންޓްތަކާއި އިނާޔަތްތަކަކީ:

1 މާޗް އިން 31 މާޗްއަށް (މުޅި މަސްދުވަހަށް):

'ވެލް މޭލް' އަދި 'ވެލް ވުމަން' ހެލްތު ސްކްރީނިންގ ޕެކޭޖުތަކުން %20 ގެ ޑިސްކައުންޓް

މިއީ ބަލިތަކުން ރައްކާތެރިވުމަށާއި، ބަލިތައް ކުރިއާލައި ދެނެގަތުމަށް ފަރުމާކޮށްފައިވާ ފުރިހަމަ ޕްރޮގްރާމްތަކެކެވެ. މި ޕެކޭޖުތަކުގެ ސަބަބުން އަންހެނުންނާއި ފިރިހެނުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ހާއްސަ ތަހުލީލުތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް އެ ހޮސްޕޮޓަލުން ބުނެ އެވެ.

މާޗް 8 (ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ހާއްސަ އޮފަރ):

"ވެލް ވުމަން" ޕެކޭޖުން %25 ގެ ޑިސްކައުންޓް - މިއީ އަންހެނުންގެ ދުވަހާ ގުޅުވައިގެން، އަންހެނުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް ބާރުއެޅުމުގެ ގޮތުން އެއް ދުވަހުގެ މުއްދަތަށް ދެވޭ ހާއްސަ ފުރުސަތެކެވެ.

މާޗް 15 އިން މާޗް 31 އަށް (ދުނިޔޭގެ އަނގައިގެ ސިއްހަތުގެ ދުވަހާ ގުޅުވައިގެން):

ދަތުގެ ބައެއް ހިދުމަތްތަކުން %15 ގެ ޑިސްކައުންޓް. މީގެ ތެރޭގައި ހިމެނެނީ: ސްކޭލިންގް (ސިމްޕަލް، މީޑިއަމް، ހާޑް، އެކްސްޓްރާ ހާޑް) - މިއީ ދަތްތަކުގައި ހަރުލާފައި ހުންނަ ހަޑި އާއި ޖަރާސީމުތައް ފުރިހަމައަށް ސާފުކޮށްދީ، ހިރުގަނޑުގެ ބަލިތަކުން ރައްކާތެރިކޮށްދީ، އަދި އަނގަ ތާޒާކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ފަރުވާއެކެވެ.

ފިޝާ ސީލަންޓް - މިއީ ދަތްތައް ފަނިކެއުމުން ރައްކާތެރިކުރުމަށްޓަކައި ދަތުގެ މަތީ ފަށަލައިގައި ހުންނަ ރޫތައް ބައްދާލައިގެން ދެވޭ ރައްކާތެރިކަމުގެ ފަރުވާއެކެވެ. މިއީ ހާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ ދަތްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް ވަރަށް ފައިދާހުރި ހިދުމަތެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އައު ހިދުމަތްތަކާއި ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކުރުމުގައި އިސްދައުރެއް އަދާކުރަމުންދާ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު މަގުސަދަކީ ދިވެހިން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ މިންވަރު މަދުކޮށް، ސިއްހީ ފަރުވާއަށް ކުރާ ހޭދަ ކުޑަކުރުމެވެ. ތަޖުރިބާކާރު ޑޮކްޓަރުންނާއި، އެންމެ ފަހުގެ ވަސީލަތްތަކުގެ އިތުރުން ފުރިހަމަ ލެބޯޓްރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.