އެމްއޭސީއެލްއަށް ލިބޭ ފައިދާ ގިނަކުރަން ޖެޓް ފިއުލް ވިއްކާ އަގު ބޮޑުކުރުމުން އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ކުރާނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކުން ޖެޓް ފިއުލްގެ އަގު ބޮޑުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގައި ވެސް ޖެޓް ފިއުލްގެ އަގު އެންމެ ބޮޑީ ރާއްޖޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

https://x.com/HusenAmr/status/2032744543167328414

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެފައި ވަނީ ޖެޓް ފިއުލް ލީޓަރެއް ކުރިން ވިއްކީ 1.19 ޑޮލަރަށް ކަމަށެވެ. ނަމަވެސް މިހާރު 1.69 ޑޮލަރަށް ޖެޓް ފިއުލް ލީޓަރެއްގެ އަގު ބޮޑުކޮށްފައިވާނެ ކަމަށެވެ. އެއީ 50 ސެންޓުގެ އިތުރުވުމެކެވެ.

މިއީ ފާއިތުވި އަހަރުތަކުގައި ވެސް ޖެޓް ފިއުލްގެ އަގު އެންމެ ބޮޑުވި ފަހަރެވެ.