ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދިޔަ ޒުވާނެއް ކަމަށްވާ އަބްދުލް މުއިއްޒު ހަސަން މިއަދު ނިޔާވެއްޖެ އެވެ.
އެޗްޑީސީގެ ކޮންޓްރެކްޓް މެނޭޖުމަންޓް ޑިޕާޓްމަންޓުގައި ވަޒީފާ އަދާކުރަމުން ދިޔަ އުމުރުން 37 އަހަރުގެ މުއިއްޒު އަވަހާރަވީ މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ތެލަސީމީހާ ކުދިންގެ ހައްގުގައި އެތަކެއް މަސައްކަތްތަކެއްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މުއިއްޒަކީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބުގެ ރައީސްވެސްމެއެވެ.
މުއިއްޒު ނިޔާވުމުގެ ހިތާމައިގައި، ރައީސް މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސްގެ ތައުޒިޔާގެ މެސެޖުގައި، މުއިއްޒު މުޖުތަމައަށް ކޮށްދެއްވި އަގުހުރި ހިދުމަތްތައް ފާހަގަކުރައްވައި، އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެންފައިވެ އެވެ.

މުއްސަނދިގެން ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް
އިންތިހާބާ ދިމާކޮށް އުލިގަމުގައި ޔޮޓް މެރީނާ ހަދަން ހަވާލުކޮށްފި
މަގު ހަދަން ހެންވޭރު ޓާމިނަލުން ރަސްމީ ފާލަމަށް ފަޅު ބަންދުކުރަނީ
