އަންނަ މަހުގެ ހަތަރެއްގައި އޮންނަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބެހެއްޓި ދިއުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިންތިހާބީ އިސް ތަރުޖަމާން އަބްދުﷲ ވަހީދު (ވައްޑެ) ވިދާޅުވީ ވީހާ ވެސް ގިނަ ބަޔަކަށް ވޯޓު ނުލެވޭނެ ގޮތް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ފެށުނީއްސުރެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކައުންސިލް އިންތިހާބާ އެކު ގައުމީ ފެންވަރުގެ އިންތިހާބެއް ވެސް ކުރިއަށްދާ އިރު، ލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ތިބި ދިވެހީންނަށް ވޯޓުގެ ހައްގު ގެއްލޭ ގޮތަށް ކަންކަން ހަމަޖެހިގެން ދިއުމަކީ އިންތިހާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވައްޑެ ވިދާޅުވި އެވެ. އޭނާ ވަނީ ނުފޫޒުން އެއްކިބާވެ ތިބެ އިންތިހާބު ހިންގުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވައިފަ އެވެ.
އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ބޭރުގައި ފޮށި ބެހެއްޓެނީ އެ ގައުމަކުން މަދުވެގެން 2،000 މީހުން ރީ-ރަޖިސްޓަރީ ކުރުމުން ކަމަށާއި އެ އަދަދާ ގާތަށް ވެސް އެއްވެސް ގައުމަކުން ރަޖިސްޓަރީ ނުވާ ކަމަށެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ރީ-ރަޖިސްޓަރީގެ ސުންގަޑި ހަމަވިއިރު މެލޭޝިއާއިން ރަޖިސްޓަރީވީ 499 މީހުން ކަމަށާއި ސްރީ ލަންކާއިން ރަޖިސްޓަރީވީ އެންމެ 189 މީހުން ކަމަށެވެ.
މީގެ އިތުރުން ވައްޑެ ވިދާޅުވީ ފެންނަ ނުފެންނަ ވޯޓު ފުރަތަމަ ގުނައިދިނުމަށް އެމްޑީޕީން އެދުނު ކަމަށެވެ. ލޯކަލް އިންތިހާބުގެ ވޯޓު ފުރަތަމަ ގުނައިފި ނަމަ، އެ ނަތީޖާ ނިކުތުމާ އެކު ގިނަ ބަޔަކު ވޯޓުލާ މަރުކަޒުން ނުކުމެގެން ހިނގައިދާނެތީ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ޖަވާބު ދީފައިވަނީ ކެންޑިޑޭޓުންނާ ގުޅުން ހުރި ވޯޓު ކަމަށް ވާތީ ކައުންސިލް އިންތިހާބު ފުރަތަމަ ގުނާނެ ކަމަށެވެ.

ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟
އެންމެ އާބާދީ ބޮޑު ޗައިނާގައި ރަމަޟާން މަހުގެ ތަޖުރިބާ!
އެމްއޭސީއެލްގެ އުޅަނދެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެއްޖެ