އަބަދުވެސް މީހުން ބުނާތީ އަހަމެވެ. ތަރުކާރީ ކައްކައިގެން ނުކާށެވެ. އޭގައި ހިމެނޭ ހުރިހާ ނިއުޓްރިއެންޓްސް އެއް ކެއްކުމުން ނެތިގެންދާތީ އެވެ. އެހެންކަމުން ތަރުކާރީ ރޮލަށް ކެއުމުން ވަކި ހަށިގަނޑަށް ކުރާ ފައިދާ ބޮޑު ހެއްޔެވެ؟
ބައެއް ވައްތަރުގެ ތަރުކާރީ ކެއްކުމުން އޭގައި ހިމެނޭ ނިއުޓްރިއެންޓްސް ނެތިގެންދެ އެވެ. މިއާ ހިލާފަށް ބައެއް ތަރުކާރީ އަކީ ކެއްކުމުން އޭގައި ހިމެނޭ ނިއުޓްރިއެންޓްސް އިތުރުކޮށްދޭ ތަރުކާރިތަކެވެ. އެެހެންކަމުން ތިރީ މިވަނީ މިފަދަ ތިން ވައްތަރެއްގެ ތަރުކާރީ އެވެ.
މޫލައިގެން ހެދޭ ތަރުކާރީީގެ ބާވަތްތަކުގެ ތެރެއިން، އަލުތްވާއި ޓާނިޕްއަކީ ފައިބާއާއި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ ތަރުކާރީ އެކެވެ.
މިގޮތަށް މޫލައިގެން ހެދޭ ތަރިކާރީގެ ތެރެއިން ތޮށިގަނޑުގެ ކުލަ ގަދަ ތަރުކާރީތަކުގައި ސިއްހަތަށް ފައިދާ ހުރި އެތަކެއް މާއްދާ އެއް ހިމެނެ އެވެ. މިބާވަތުގެ ތަރުކާރީ ޖެހޭނީ ތޮށްޓާއެކު ފެނުކައްކާށެވެ. އެއަށްފަހު ކެއުމުގެ ކުރިން ތޮށި ނައްޓާލާށެވެ. މިގޮތަށް ފެނުކެއްކުމުން މީގައި ހިމެނޭ ނިއުޓްރިއެންޓްސް އިތުރުކޮށްދެ އެވެ.
ފެހިކޮށް ހުންނަ މިތަރުކާރި އާވިން މަޑުކުރުމުން މީގައި އެކުލެވިގެންވާ ނިއުޓްރިއެންޓްސްތައް އެގޮތުގައި ހިފަހައްޓަދެ އެވެ. މި ތަރުކާރީއަކީ ހިތާއި ނާރުތަކުގެ ނިޒާމުގެ ރައްކާތެރިކަމަށް ރަނގަޅު އެއްޗެކެވެ.
މިތަރުކާރީ އާވިން މަޑުކުރާއިރު ރަނަގަޅަށް ފަރުވާތެރިވާށެވެ. މާ ހޫނުގަދަކޮށް މަޑުކުރެވިއްޖިއްޔާ މީގައި އެކުލެވޭ ނިއުޓްރިއެންޓްސް ނެތިގޮސްދާނެ އެވެ.
މިއީ އާންމު ގޮތެއްގައި ބޭނުންކުރާ ތަރުކާރީގެ ތެރެއިން އެއްޗެކެވެ. މިފަހުގެ ހޯދުންތަކުން، ބްރޮކޮލީ އާވިން މަޑުކުރުމުން އޭގައި އެކުލެވިގެންވާ ފައިދާތައް ރޮލަށް ހުންނައިރު ހުންނަވަރަށް ވުރެން އެތައް ގުނައެއް އިތުރުވެ އެވެ.
މީގައި ހިމެނޭ ބައެއް މާއްދާތަކަކީ ހަށިގަނޑުގައި ހިމެނޭ ސެލްސް ތަކަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެގޮތުން ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހަށިގނޑުގެ ސެލްސްތަކަށް އެހީތެރިވެދެ އެވެ.މީގެއިތުރުން ވިޓަމިން ސީވެސް ބްރޮކޮލީގައި ހިމެނެ އެވެ.
މިއަހަރުގެ އޮސްކާ އެވޯޑަށް އާއްމުންގެ ފިނި ތަރުހީބެއް!
ފުވައްމުލަކާއި ފޯޅަވަހި: ހިތާއި ހިތުގެ ގުޅުމެއް
އީރާނުން އިޒްރޭލާއި ސައުދީގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް