ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްވެފައިވާ ކަމަށް ބުނެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަޖިލީހުން ބިލެއް ފާސްކޮށްފައިވާއިރު, އެ ބިލާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
އެ މައްސަލާގައި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހެޅުއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާތީ އެ އިސްލާހުގެ ދަށުން ފެންނަ ނުފެންނަ ވޯޓު ނުނެގޭނެ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައި, އެކަން އަންގައިފަ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނަމަވެސް ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ވަކީލް އައިކް އަހުމަދު އީސަ އާއި ވަކީލް އިބްރާހިމް ޝިޔާމް ހުށަހެޅި މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ވަނީ ނިންމައިފަ އެވެ.
އިންޑިއާ ސަރުކާރަށް ރެކޯޑް އަދަދަކަށް ފައިސާ ދޫކުރަނީ
8 ގަޑިއިރުގެ ނިދި ކޮންމެހެން ބޭނުން ވޭތަ؟ މާހިރުން ބުނަނީ ކީކޭ؟
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
ދެ އިންތިޚާބު އެއްކުރުން. ރަނގަޅު ކަމަކަށް ނުފެނޭ. ރަނގަޅު ގޮތް ކަމަށް ފެންނަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން. މި ގޮތެވެ.