ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި މުހައްމަދު ސަމާހުގެ މައްސަލަ އަލުން ބެލުމުން ވެސް އޭނާ ސަލާމަތްނުވެ, ކުށް ސާބިތުވެއްޖެ އެވެ.

ސާޖަންޓް އާދަމް ހަލީމަށް 2012 ވަނަ އަހަރު ހަމަލާދީ އޭނާ މަރާލީ އެރަށު ސުވާސާގޭ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުންނެވެ.

އެ މައްސަލާގައި ސަމާހުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން 2012 ވަނަ އަހަރު ހުކުމްކުރި އެވެ. ނަމަވެސް އެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިދިޔަ އަހަރު އެންގީ ސަމާހުގެ އިއުތިރާފް އެކަނި ބިނާކޮށް ކުށް ސާބިތު ނުކުރެވޭތީ އެވެ.

އެ މައްސަލަ އަލުން ބެލުމަށްފަހު، ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މިއަދެވެ. ނަމަވެސް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ސަމާހުގެ ފަރާތުން ކުރިން ބުނެފައިވަނީ ހަމަލާދިނީ މެރުމުގެ ގަސްދުގައި ނޫން ކަމަށެވެ