އިމަޖެންސީ ނޫން ބައެއް ހާލަތްތަކުގައި ވެސް އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ދޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް މުހައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް އޭޕްރިލް މަހުން ފެށިގެން އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތް އާންމުންނަށް ހޯދޭނެ އިތުރު ގޮތްތަކެއް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
މި ބަދަލާއެކު ކުއްލި ހާލަތުގައި ނުވަތަ އެމަޖެންސީގައި ފަރުވާއަށް ހޮސްޕިޓަލަށް ގެންދާ ފަރާތްތަކުގެ އިތުރުން، އެނދުމަތިވެފައިވާ ފަރާތްތަކާއި، އައުޓްޕޭޝަންޓު ޚިދުމަތް ހޯދުމަށް ފުރޮޅުލީ ގޮނޑީގައި ގެންދަންޖެހޭ ފަރާތްތަކަށް ވެސް އެމްބިއުލާންސްގެ ޚިދުމަތް ލިބޭނެ އެވެ.
މީގެ އިތުރުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނާއި، އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން މައްޔިތުން އުފުލުމަށް ވެސް އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ނިންމުމަކީ ޓެކްނިކަލް ފަންތީގައި ގިނަ ދުވަހު މަޝްވަރާކޮށް، ދައުލަތުގެ ބަޖެޓާއި ހިސާބުތައް ދިރާސާކުރުމަށްފަހު ނިންމާފައިވާ ނިންމުމެކެވެ.
"ވަރަށް ގިނައިން އަންނަ ރިކުއެސްޓެއް ރައްޔިތުންގެ ފަރާތުން މިކަމަކީ، ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ދިމާވާ، ވަރަށް ބޮޑަށް އެކަމުގެ ސަބަބުން ލުއިތަކެއް ބޭނުންވެގެން ދުވަސްތަކެއް ވެފަ އޮތް ކަމެއް ރައްޔިތުންގެ ފަރާތުން،" ރައީސް ވިދާޅުވި އެވެ.
މިހާރު އޮންނަ އުސޫލުން އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ހިލޭ ލިބެނީ ހަމައެކަނި ހާލުބޮޑު ބަލިމީހުންނަށާއި އެމަޖެންސީ ހާލަތްތަކުގަ އެވެ. ނަމަވެސް އާ އުސޫލަށް އަމަލުކުރަން ފެށުމުން، ގިނަ ބަޔަކަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް އުންމީދު ކުރައްވަ އެވެ.
ދިރާގުގެ ޕާޓްނާ ފިހާރައާއެއް ވިލިމާލޭގައި
މޭޔަރު ކަމުގެ ޓިކެޓް ނުދިން އަދީލަށް އޭއީއެޗް ސީއީއޯ ކަން
ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވާނަން: ބީއެމްއެލް