މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އެންމެ ފަހުގެ އަލްބަމް "ލައިފް އޮފް އަ ޝޯގާލް"އަށް ގާނޫނީ ގޮންޖެހުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އިނގިރޭސި ލިޔުންތެރިއެއް ކަމަށްވާ މެރިއެން ވޭޑް ވަނީ އެ އަލްބަމްްގެ ނަމަކީ އޭނާގެ ޓްރޭޑްމާކް ނަން ކަމަށް ބުނެ ޓޭލާއާ ދެކޮޅަށް ދައުވާ އުފުލާފަ އެވެ.
"12 އަހަރު ވަންދެން މަސައްކަތް ކޮށް އަމިއްލަ ނަމެއް އުފައްދާފައިވާ އާޓިސްޓަކަށް އޭނާއަށްވުރެ މަޝްހޫރު އެހެން މީހަކު އައުމުން ގެއްލުން ލިބިގެން ނުވާނެ" މެރިއެންގެ ވަކީލު ބުނެފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު ކެލިފޯނިއާގެ ފެޑެރަލް ކޯޓަށް ހުށައެޅި މައްސަލާގައި އެކަމުގެ ސަބަބުން މެރިއެންއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދިފައިވެ އެވެ.
އެމެރިކާސް ގޮޓް ޓެލަންޓްގައި ބައިވެރިވި މެރިއެން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން "ކޮންފެޝަންސް އޮފް އަ ޝޯގާލް"ގެ ނަމުގައި ލޮސް އެންޖެލަސް ވީކްލީގައި ކޮލަމްއެއް ލިޔަމުންނެވެ.
ޓޭލާގެ ލައިފް އޮފަ އަ ޝޯގާލްއަކީ މިހާރު ވެސް ޗާޓުތަކުގެ އެންމެ ކުރިން ޖާގަ ހޯދަމުން އަންނަ ކާމިޔާބު އަލްބަމެކެވެ.
"އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީން އެބަ މަޝްވަރާ ކުރޭ"
މާޗް ވެސް ނިމުނީ، ދުވަސްތައް އަވަސް ވުމުގެ ހަގީގަތް!
ބީއެމްއެލްގެ ކޯޕަރޭޓް ނިންމުމާއެކު ހިއްސާގެ ބާޒާރުގެ މާކެޓް މަތި!