ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އަށް ޕަބްލިކް ރިލޭޝަން (ޕީއާރު) ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދި ކުރި އިއުލާނުގައި ބުނީ މިނިސްޓްރީން ދޭ މައޫލޫމާތާ އެއްގޮތަށް މީޑިއާ އާއި ޕަބްލިކް ރިލޭޝަންސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރީޓެއިނާ އުސޫލުން އެއް އަހަރު ދުވަހަށް ކޮންސަލްޓެންސީ ދޭނެ އެޖެންސީއެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރީލް 7 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް ވެލާނާގޭގެ 10 ވަނަ ފަންގިފިލާ އިން މައުލޫމާތު ސާފުކުރުމަށް ފަހު މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ޕީއާރު މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމުގެ މައިގަނޑު މަގުސަދަކީ ކޮމިއުނިކޭޝަން އިނީޝިއޭޓިވްތައް އެކުލަވާލައި، މިނިސްޓްރީގެ މީޑިއާގެ ދައުރު އިތުރަށް ފުޅާކުރުމަށް ކަމަށް އެ އިއުލާނުގެ ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވެ އެވެ.
ކުރަން ޖެހޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
- ކޮމިއުނިކޭޝަން އިނީޝިއޭޓިވްތައް އެކުލަވާލުން
- ރަނގަޅު ފޮޓޯގްރަފީ އަދި ވިޑިއޯގްރަފީގެ ހިދުމަތް ފޯރުކޮށްދިނުން
- މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން މައުލޫމާތު ފެތުރުން
- މިނިސްޓްރީގެ މީޑިއާގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް ވަރުގަދަކުރުން
މިނިސްޓްރީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސްޓްރެޓެޖިކް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުމަކީ މި ކޮންސަލްޓަންސީގެ މައިގަނޑު މަސްއޫލިއްޔަތުކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ޕްރެސް ރިލީސްތަކާއި ހަބަރު އާޓިކަލްތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކާއި އިންސާނީ މަސްލަހަތު ހިމެނޭ ފަދަ ފެންވަރު ރަނގަޅު ކޮންޓެންޓް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މި ކޮންސަލްޓެންސީ ދޭ ފަރާތާ ހަވާލުކުރާނެ ކަމަށް ވެސް އޭގައިވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ މިނިސްޓްރީތަކުން މިފަދަ މަސައްކަތްތަކަށް ގިނަ ފަހަރު ކޮންސަލްޓަންސީ އުސޫލުން ކުރަނީ ސިވިލް ސާވިސް އޮނިގަނޑުގެ ތެރެއިން ހަމަޖެއްސެން ހުންނަ މުސާރައަށް ވުރެން ބޮޑުކޮށް އެފަދަ މަސައްކަތްތަކަށް އަގު ހަމަޖެއްސުމަށްށެވެ. އާއްމުކޮށް މިފަދަ މަސައްކަތް ބޮޑު އަގުގައި ކުރުވަނީ ސިޔާސީގޮތުން ވަކި ބަޔަކަށް މަންފާ ހޯދައިނުމަށެވެ.
ސްޓެމް ސެލް ތެރަޕީއާއެކު ބޭސްފަރުވާގެ މުސްތަގުބަލް އޮތީ ކިހިނެއް؟
"އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީން އެބަ މަޝްވަރާ ކުރޭ"
ހޮސްޓްކުރުމަށް މަޝްހޫރު ނާއްޕެ ބަންދުން ދޫކޮށްލައިފި