ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރި ޒޭން މަލިކްގެ އާ އަލްބަމްގައި އިންޑިއާގެ ކާމިޔާބު ކްލެސިކް ލަވަކިޔުންތެރިޔާ ނުސްރަތު ފަތެހް އަލީ ޚާންއަށް ހާއްސަކޮށް ލަވައެއް ހިމަނަން ނިންމައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޒޭންގެ ކުރިއަށް އޮތް އެ އަލްބަމްއަކީ ދެކުނު އޭޝިއާގެ މިއުޒިކް ސްޓައިލް އަސްލަކަށް ބަލައިގެން އުފައްދާ އަލްބަމެކެވެ.
ދާދި ފަހުން ޒޭން ބައިވެރިވި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން އޭނާ ވަނީ ނުސްރަތުގެ ލަވައެއް ފާހަގަކޮށް އޭނާއާ ގުޅުވައިގެން ވާހަކަ ދައްކާފަ އެވެ.
ޒޭން ބުނީ ނުސްރަތުގެ މަސައްކަތްތަކަކީ އޭނާ ވަރަށް ޝައުގުވެރިވާ މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތްުތަކުން އޭނާއަށް އާ ހިޔާލުތައް ލިބޭ ކަމަށެވެ.
މީގެ ކުރިން ދިން އިންޓަވިއުތަކުގައި ވެސް ޒޭން ވަނީ އޭނާގެ ކުރިއަށް އޮތް އަލްބަމް މީގެ ކުރީގެ އަލްބަމްތަކަށް ވުރެ ތަފާތުވާނެ ކަމަށް ބުނެފަ އެވެ.
"ކޮންނަކޮލް"ގެ ނަމުގައި ނެރޭ އެ އަލްބަމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މި ހިނގާ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ކަމަށް ހަބަރުތައް ބުނެ އެވެ.
ދެ އަހަރު ތެރޭ ދެގުނަ އިތުރަށް ބީއެމްއެލް އިން އޭޓީއެމް ބެހެއްޓި
ކާބޯތަކެތީގެ އަގުތައް އުފުލެމުންދާ ކަމުގެ އިންޒާރު އދ އިން ދީފި