ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި މިއަދު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ، ހަނީސީޒަން ، މުހައްމަދު މާހިރު 36އ އާއި ސ. ހުޅުދޫ، ސޯސަން، އަލީ އީޝާދު 32އ އާއި މާލެ، ގ. ކަނދުމާގެއާގެ، އާހިލް އަލީ 23އ އާއި ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމް 23އ އާއި ޅ. ހިންނަވަރު، ދުންތަރި، މުހައްމަދު ސުހާން އަހުމަދު 39އ އާއި ލ. ގަން، މުކުރިމަގު. މަތަރެސްމާގެ، އަބްދުލްމާޖިދު އިބްރާހީމް 38އ އެވެ.
ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ އެއްވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެތަނެއް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ އީޝާދު އާއި މުހައްމަދު މާހިރު އާއި އަބްދުލް މާޖިދު އިބްރާހީމް އާއި މުހައްމަދު ސުހާން އަހުމަދު 15 ދުވަހަށް އަދި އާހިލް އަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ބްލޭކްގެ ޖިންސީ ފުރައްސާރައިގެ ދަައުވާ ކޯޓުން ބޭރު ކޮށްލައިފި