އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ކުށްވެރިން މެރުމަށް ނިންމި ނިންމުމަށް ފާޑުކިޔުމާ ގުޅިގެން، މޮރޮކޯގެ މަޝްހޫރު ފުޓުބޯޅަ ތަރި ހަކީމް ޒިޔެޗް އަށް އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު މަރުގެ އިންޒާރު ދީފި އެވެ.
ބެން-ގްވީރު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، ޔަހޫދީންނާ ދެކޮޅު އެހެން މީހުންނެކޭ އެއްފަދައިން، ޒިޔެޗް އަށް ވެސް ސަލާމަތް ނުވެވޭނެ ކަމަށެވެ.
“އޭޝް އާއި ޔަހޫދީންނާ ދެކޮޅު އެހެން އެންމެންނެކޭ އެއްފަދައިން، މިސްރިގެ ތަރިއަށް ވެސް ސަލާމަތެއް ނުވެވޭނެ،” ބެން-ގްވީރު ބުނެފައިވެ އެވެ.
މި މައްސަލަ އުފެދުނީ އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ބެން-ގްވީރު އިސްވެ ހުރެ ކުރިއަށްގެންދާ ސިޔާސަތަށް މޮރޮކޯގެ ތަރި ޒިޔެޗް ފާޑުކިޔުމާ ގުޅިގެންނެވެ.
ބެން-ގްވީރު އަކީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅައި އެ ގައުމުގެ މުސްލިމުން ޝަހީދު ކުރުމަށް ވަކާލާތުކުރާ، އިޒްރޭލު ސަރުކާރުގެ އެންމެ ކަނާތު ފިޔައިގެ ހައްދުފަހަނައެޅި މިނިސްޓަރެވެ.
ބައިނަލްއަގުވާމީ މުޖުތަމައުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ އިޒްރޭލުގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ބެން-ގްވީރު ދަނީ އޭނާގެ ސިޔާސަތުތަކަށް ފާޑުކިޔާ ފަރާތްތަކަށް އިންޒާރުދީ، ފަލަސްތީނު މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ބާރުއަޅަމުންނެވެ.
"އިނގިލި ޖަހާފައި ގޭގައި" ތިބޭ މުވައްޒަފުން ވަކިކުރަނީ
ޅަފަތުގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންވީ މިހެންވެ!
ރައީސްގެ އިސްތިއުފާއަށް ގޮވާލައި ޕީއެންއެފުން މުޒާހަރާ ކުރަނީ