ގޭހުގެ އާ ޝިޕްމަންޓެއް އިއްޔެ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ އަސާސީގޮތުން ރައްޔިތުންނަށް ބޭނުންވާނެ ތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސާނެ ކަމަށެވެ.
މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭސްއިން ކޮންޓްރޯލްކޮށްގެން ގޭސް ވިއްކިއެވެ. އަދި، މަދުން ގޭސް ލިބުމާއި ގޭސް ލިބުން ލަސްވުމުގެ ޝަކުވާތައް ވެސް ފެންމަތިވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވީ ގޭހުގެ އަގު މެނޭޖުކުރުމުގައި ހެދޭނެ ގޮތްތަކާ މެދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމާއެކު މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
ރާއްޖޭގައި ގޭހުގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ރައްޔިތުންނަށް ފަސޭހަކަމާއެކު ގޭސް ފޯރުކޮށްދިނުމުގައި ވިލާ ގޭސް ވެސް އިސް ދައުރެއް އަދާކުރެ އެވެ.
އިންތިހާބަށްފަހު ފުވައްމުލަކުން ކަރަންޓު ކަނޑަން ފަށައިފި
"އިނގިލި ޖަހާފައި ގޭގައި" ތިބޭ މުވައްޒަފުން ވަކިކުރަނީ
މިހާރު ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަން ވަރަށް ނުރައްކާތެރި
