މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި، ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރުއެވެ. ބޯޓު ފަރަށް އަރައި އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބުމާއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަގުތުން ފަށާފަ އެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން އެކަކު (ބިދޭސީއެއް) ވަނީ އަމިއްލައަށް ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ކައިރި ރިސޯޓެއްގެ ދޯންޏަކަށް ވަނީ ނަގާފަ އެވެ. މިގޮތުން ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.
ނަމަވެސް، މި ބޯޓުން ދަތުރުކުރި އެއް ދިވެއްސަކު އަދިވެސް ފެނިފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ. ގެއްލިފައިވާ މީހާގެ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައިނުވެ އެވެ.
މިއީ ހަށިގަނޑުން ފޮނުވާ ނުރައްކަލުގެ ރަނގަބީލުތަކެއް!
މުއިއްޒު އުނބަށް ޖަހައިފި: ސަލްމާގެ މަގާމު އަލުން އިޔާދަކޮށްފި