ގިނަ ދުވަސްތަކެއް ވަންދެން ލަވަކިޔުމާ ދުރުގައި ހުރުމަށްފަހު ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން ސްޓޭޖަށް އެނބުރި އަންނަ ކޮންސެޓުތައް އިއުލާން ކޮށްފި އެވެ.

ސެލީން އެނބުރި އަންނަ ކޮންސެޓު ބާއްވަން ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު- އޮކްޓޯބަރު މަހު ފްރާންސްގެ ވެރިރަށް ޕެރިސްގަ އެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި ޕެރިސްގައި ޖުމްލަ 10 ކޮންސެޓު އޮންނާނެ ކަމަށް ސެލީންގެ އުފަން ދުވަހު އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

"މިއަހަރު އަހަންނަށް އަހަރެންގެ ހަޔާތުގެ އެންމެ ފުރިހަަމަ ހަދިޔާ ލިބޭނެ. އަހަންނަށް އަނެއްކާ ވެސް ތި އެންމެންުގެ ކުރިމަތީގައި ލަވަކިޔުމުގެ ފުރުސަތު ލިބޭނެ." ސެލީން ބުންޏެވެ.

ސެލީން ސްޓޭޖަށް އެނބުރި އަންނަކަން އިއުލާން ކޮށްފައި މިވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. 2022 ވަނަ އަހަރު އޭނާ ލަވަކިޔުމާ ދުރަށް ދިޔައީ މަދުން ނޫނީ ނުފެންނަ ނާރުގެ ބައްޔެއް ކަމަށް ސްޓިފް ޕާސަން ސިންޑްރޯމްގެ ސަބަބުން އޭނާގެ ސިއްހަތަށް އަސަރު ކުރުުމުންނެވެ.