އިރާނުގެ ވަފުދާ ގާތްގުޅުމެއް އޮންނަ މަސްދަރަކާ ހަވާލާދީ ފާސް ނިއުސް އިން ބުނިގޮތުގައި، އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާއިން ޑިމާންޑް ކުރަމުން ދަނީ ހަނގުރާމައިގެ މައިދާނުގައި އެ ގައުމަށް ހާސިލު ނުކުރެވުނު ހުރިހާ ކަމެއް މޭޒުމަތިން ހާސިލު ކުރުމަށެވެ.
ޕާކިސްތާނުގެ ވެރިރަށުގައި ހުރި އެ އެޖެންސީގެ ނޫސްވެރިޔާއާ ހަވާލާދީ ބުނެފައި ވަނީ ހޮރްމޫޒް ކަނޑުއޮޅި އާއި ސުލްހަވެރި ބޭނުންތަކަށް އުފައްދާ ނިއުކްލިއާ ހަކަތަ އަދި މި ނޫން ވެސް ބައެއް މުހިންމު ކަންކަމުގައި އެމެރިކާއިން ހުށަހެޅި ދަތި ޝަރުތުތަކަށް އިރާނުން އިންކާރުކޮށްފައިވާ ކަމަށެވެ.
މަޝްވަރާތަކުގެ ނަތީޖާ ބިނާވެފައި ވަނީ އެމެރިކާގެ "ބުއްދި ގަބޫލުނުކުރެވޭ ހުށަހެޅުންތައް" ބަދަލުކުރުމުގެ މައްޗަށް
ފާސް ނިއުސް އެޖެންސީން ފާހަގަކޮށްފައިވާ ގޮތުގައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވޭނީ އެމެރިކާއިން ގެންގުޅޭ ހަމަނުޖެހޭ ހުށަހެޅުންތައް ދޫކޮށްލުމުންނެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައަކީ ހައްލު ކުރަންޖެހޭ އެންމެ ހައްސާސް އެއް މައްސަލަ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އެޖެންސީން އިތުރަށް ބުނެފައި ވަނީ ދެ ފަރާތުގެ މާހިރުން ގުޅިގެން ދެބަސްވުންތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ދަނީ ހިޔާލު ތަފާތުވުންތައް ނައްތާލައި، ދެ ފަރާތް އެއްގަލަކަށް އެރުވުމަށް ބާރުއަޅަމުންނެވެ.
މަޝްވަރާތަކުގައި ބައިވެރިވާ ދެ ގައުމުގެ ވަފުދުތަކުން މިހާރު ވަނީ އެކުލަވާލެވިފައިވާ ލިޔެކިޔުންތަކާ މެދު އަމިއްލަ ގައުމުގެ ފަންނީ މާހިރުންގެ ލަފާ ހޯދުމަށް މަޝްވަރާތައް މެދުކަނޑާލާފަ އެވެ. އަދި އެ ލިޔެކިޔުންތައް ފައިނަލްވުމުން އަލުން ބައްދަލުވުންތައް ފެށުމަށް ތާވަލު ކުރެވިފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް، އެއްބަސްވުމަކަށް ނާދެވި އެމެރިކާގެ ވަފުދު ޕާކިސްތާނުން ފުރައިފި ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
މައިކަލް ޖެކްސަންގެ ބައޮޕިކް ޕްރިމިއާ ކޮށްފި
ނުކައި ހުރެގެން އެއްވެސް މީހަކަށް ވީ ފައިދާއެއް ނެތް!
އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްނުވި