ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 100 ފޫޓު ދިގު ކޭކެއް ފަޅައިފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ހެދި ރާއްޖޭގެ އިގްތިސާދު ވެސް އަޑިއަޅާލުމާ ގުޅިގެން ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރަން ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ކުންފުނިތަކަށް އަންގައިފަ އެވެ. ނަމަވެސް އެ އެންގުމަށް އިޖާބަދިނުމެއް ނެތި އެމްއޭސީއެލް އިން ވަނީ އެތައް ހާސް ރުފިޔާއެއް ހަރަދުކޮށްގެން ބޮޑު ކޭކެއް ފަޅައިފަ އެވެ.
އެމްއޭސީއެލް އިން ނެރުނު ނޫސްބަޔާނެެެއްގައި ވަނީ އެއާޕޯޓުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށީ ހެނދުނު 6:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުން ކަމަށެވެ. އަދި ޓާމިނަލް 1 ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް ޝަރީފު މުޙައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ކަމަށް ވެސް އެމްއޭސީއެލް އިން ބުނެ އެވެ.
އެމްއޭސީއެލް އިން ބުނީ ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހާ ގުޅޭ ހާއްސަ ކޭކެއް ވަނީ ފަޅައިފައެވެ.
މި ރަސްމިއްޔާތައް ފަހު ކުންފުނީގެ މެނޭޖުމަންޓުގެ ބޭފުޅުންނާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކަށް ޒިޔާރަތް ކުރައްވައި މުވައްޒަފުންނާ ބައްދަލުކުރައްވައި މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ހިތްވަރު ދެއްވާފައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ވީއައިއޭގެ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން އިއްޔެ ހަވީރު ވަނީ ހާއްސަ ރަސްމިއްޔާތަކާއެކު ހަވީރުގެ ސައެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި މުބާރާތުން އެއްވަނަ ހޯދި މުވައްޒަފަށާއި އަހަރީ ދުވަހާ ގުޅުވައިގެން ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބޭއްވި ޒީނަތްތެރިކުރުމުގެ މުބާރާތުން އެއްވަނައަށް ދިޔަ ޑިޕާޓްމަންޓަށް ވަނީ އިނާމު ދީފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެ އެވެ.
މި އިނާމުތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ޝަރީފު އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންގައިގެން އެމްއޭސީއެލް އިން ގޮނޑިއެއް މޭޒެއް ނެތި 85 މީހަކަށް، މުސާރައިގެ ގޮތުގައި މަހަކު 2.1 މިލިއަން ރުފިޔާ ހަރަދުކުރަމުންދާކަން ވެސް ދާދިފަހުން ފަޅާ އަރާފައިވެ އެވެ.
އެގޮތުން މުސާރައިގެ ގޮތުން ބައި ލައްކައިން ފެށިގެން 20،000ރ އާ ދެމެދުގެ މުސާރަ އެ މީހުނަށް ދޭކަމަށް ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ލިސްޓުން އެނގެ އެވެ.
އާޝާ ބޯސްލޭ މަރުވެއްޖެ
މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު އިސްތިއުފާ ދެއްވައިފި
އެމްޑަބްލިއުއެސްސީގެ އެމްޑީ މަތީން ވެސް ގެއަށް