ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވެސް އިސްތިއުފާ ދެއްވައިފި އެވެ.
ނިމިދިޔަ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވުމާއި ގުޅިގެން ރައީސް ގެންދަވަނީ ސަރުކާރުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ.
އެގޮތުން ރައީސް ގެންދަވަނީ އެމަނިކުފާނުގެ ކެބިނެޓުގެ ގިނަ މިނިސްޓަރުން ތަކަކަށް އިސްތިއުފާ ދެއްވުމަށް އަންގަވަމުންނެވެ.
އިބްރާހިމް ވަހީދުގެ އިސްތިއުފާއާ އެކު މިއަދުގެ މިހާތަނަށް 7 ވަޒީރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ވިހެއުމަށްފަހު ތުއްތު ދަރިފުޅު ދައުލަތަށް ނެގި މައްސަލަ ބަލަނީ
ފުނައްޑޫ މަސް ފެކްޓްރީ ޑިސެމްބަރު މަހު ހުޅުވަނީ
މަޖިލީހުގެ ދައުރު މި މަހުގެ 20އަށް ދަންމާލައިފި