ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު މަގާމުން ވަކިކޮށްފި އެވެ.
ހަލީލް ވަކިކުރީ މިއަދު ކެބިނެޓަށް ބަދަލުތައް ގެންނަން ފެށުމާއެކުކަން ވަނީ އެނގިފަ އެވެ.
ހަލީލް ވަކިކުރިއިރު، އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުގެ މިނިސްޓަރު، އަލީ އާރިފް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ނިމިދިޔަ އިންތިހާބުގައި ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެ ދެއްކި ނަތީޖާގެ ސަބަބުން ރައީސް ވަނީ އިންތިހާބުގެ ނަތީޖާ ބަލައިގަންނަ ކަމަށާއި ސަރުކާރުން ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ކުއްރަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިއަދު މިހާތަނަށް ރައީސް މުއިއްޒުގެ ކެބިނެޓުގެ 9 މިނިސްޓަރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭގެ ތެރެއިން 2 މިނިސްޓަރަކަށް އިސްތިއުފާ ދެއްވުމަށް ފުރުސަތު ނުދީ ވަކިކުރި ކަމަށްވެސް ބައެއް ހަބަރުތައް ބުނެ އެވެ. އެއީ ޖެންޑަރ މިނިސްޓަރު އައިޝަތު ޝިހާމް އާއި ފޮރިން މިނިސްޓަރު ހަލީލް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ނަމަވެސް އެކަން މިހާތަނަށް ކަށަވަރު ކުރެވިފައިނުވެއެވެ.
މާރިޔާ އާއި ހެލްތު މިނިސްޓަރު ނާޒިމްވެސް އިސްތިއުފާ ދެއްވައިފި
ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ކަމުން އައިޝަތު ޝިހާމް ވަކިކޮށްފި
ވަރުގަދަ ދިފާއީ ނިޒާމަކަށް ނިދުމުގެ އާދަތަކުގެ ދައުރު!