ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރްޔަންގެ ސަޕޯޓަރުން އިންތިޒާރު ކުރަމުންދިޔަ އޭނާގެ އާ ފިލްމު "ނާގްޒިލާ" ރިލީޒް ކުރުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.
މީގެ ކުރިން 2026 ވަނަ އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރަން ނިންމާފައި އޮތް މި ފިލްމު މިހާރު ވަނީ 2027 ވަނަ އަހަރަށް ފަސްކޮށްފަ އެވެ.
މި ފިލްމަކީ އިންޑިއާގެ ފޯކްލޯއަށް ބިނާކޮށް އުފައްދާ "ކްރީޗާ ކޮމެޑީ" އެކެވެ. މިދިޔަ ބުދަ ދުވަހު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ފިލްމު ރިލީޒްކުރާ އާ ތާރީޚު އިޢުލާންކޮށްފައެވެ. އެގޮތުން:
އެގޮތުން މިއަހަރު އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް އަޅުވަން އޮތް ފިލްމު މިހާރު އަޅުވާނީ 12 ފެބްރުއަރީ 2027 (ވެލެންޓައިންސް ޑޭ ހަފުތާ ބަންދާ ދިމާކޮށް) އެވެ.
ޚަބަރުތައް ބުނާގޮތުގައި ފިލްމު ފަސްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ފިލްމުގައި ހިމެނޭ ވިޝުއަލް އިފެކްޓްސް މަސައްކަތްތަކަށް އިތުރު ވަގުތު ބޭނުންވުމެވެ.
މިއީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމަކަށް ވެފައި، އޭގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޕްރޮޑިއުސަރުން ބޭނުންވަނީ އިތުރު ވަގުތު ދިނުމަށެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ސަނީ ޑިއޯލްގެ "ލާހޯރު 1947" އާ ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހުމަކީ ވެސް މި ފިލްމު ފަސްކުރަން ނިންމި އެއް ސަބަބެވެ.
"ނާގްޒިލާ"އަކީ ކާތިކްގެ ކެރިއަރުގައި ފެނިގެންދާނެ ވަރަށް ތަފާތު ރޯލެކެވެ. ކާތިކް ކުޅެނީ 'އިއްޗާދާރީ ނާގު' (ސިފަ ބަދަލުކުރާ ހަރުފަ) އެއްގެ ރޯލެވެ. އޭނާގެ ކެރެކްޓަރުގެ ނަމަކީ ޕްރެޔަމްވަދޭޝްވަރު ޕިޔާރޭ ޗަންދު އެވެ.
ފުކްރޭ" ސީރީޒް ގެނެސްދިން މްރިގްދީޕް ސިންގް ލަމްބާ ޑައިރެކްޓްކުރާ އެ ފިލްމު އުފައްދަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސް އާއި މަހާވީރު ޖެއިން ފިލްމްސް ގުޅިގެންނެވެ. ފިލްމުގެ ބަތަލާއަކީ ސައުތު ފިލްމުތަކުން ފެންނަ ޕްރީތީ މުކުންދަން އެވެ.
ކާތިކް އާރްޔަން އެންމެ ފަހުން ފެނިގެންދިޔައީ 2025 ވަނަ އަހަރު ރިލީޒްކުރި "ތޫ މޭރީ މޭ ތޭރާ" އިންނެވެ. "ނާގްޒިލާ" ގެ އިތުރުން އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި "ކެޕްޓަން އިންޑިއާ" އާއި އަނޫރާގް ބާސޫގެ މިއުޒިކަލް ފިލްމެއް ހިމެނެ އެވެ.
ވިއްސާރައިރު "މޫޑު" ބަދަލުވަނީ ކީއްވެ؟
ތިމާވެށީގެ މިނިސްޓަރުގެ ކުރީގެ ޕޯސްޓުތަކަކާއި ގުޅިގެން ފާޑުކިޔަނީ
ދިރާގުޕޭއިން ރިލޯޑްކޮށްގެން ހިލޭ ކްރެޑިޓް!