ދިރާގު ގޭމަރސް ގިލްޑް (ޑީޖީޖީ) އިން ކުރިއަށް ގެންދިޔަ އައިފޯން 17 ޕްރޯ މެކްސް ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފި އެވެ. މި އަގުހުރި އިނާމު ލިބިފައިވަނީ މުޙައްމަދު ނާހިލް ނަސްރުއަށެވެ.
މި އިނާމުގެ ނަސީބުވެރި ފަރާތް ހޮވައިފައިވަނީ dgg.mv އަށް ސައިން-އަޕްކޮށްގެން މި ގިވްއަވޭގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނަގާފައިވާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ފުރުސަތުތަކާއި ހާއްސަ އިނާމުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.
"ކްރައިމް ޕެޓްރޯލް"ގެ އާ މޫނަކަށް އަޖޭ ދޭވްގަން!
ޑޮލަރު މާރުކުރުމާ ގުޅޭ އިސްލާހު އެއް ދުވަހުން ނިންމަނީ
އެމްޑީޕީން ބުނީ މުޒާހަރާކުރާނީ މަޖީދީ މަގުގައި ކަމަށް
