އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް، ޕާޓީގެ މާލީ ހާމަކަން ބޮޑުކުރުމަށް ގޮވާލައްވައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ޕާޓީގެ މިހާރުގެ އަދި ކުރީގެ ލީޑަޝިޕްގެ ބޭފުޅުން ދެއްވި ރައްދުތަކަށް މީކާއީލް ވަރުގަދަ ޖަވާބެއް ދެއްވައިފި އެވެ.
މީކާއީލްގެ "އިތުބާރު ސައްލާ"ގައި ޕާޓީގެ ފައިސާގެ ތަފްސީލުތައް އާންމު މެންބަރުންނަށް ހާމަކުރައްވާނެކަމަށް ވިދާޅުވުމާ ގުޅިގެން، ޕާޓީގެ މިހާރުގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު (އިބްރޭ) ވަނީ އެކްސްގައި، އެމްޑީޕީއަކީ ގަވާއިދުން އޮޑިޓްކޮށް ރިޕޯޓު އާންމުކުރާ ޕާޓީއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އާންމުކުރާ އެއްޗެހި ބައްލަވާލެއްވުމަށް މީކާއީލްއަށް އޭނާ ގޮވާލެއްވި އެވެ.
ހަމައެއާއެކު، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ އެ ރިޕޯޓުތައް ބައްލަވާލެއްވުމަށް މީކާއީލްގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މިކަމަށް ރައްދު ދެއްވަމުން މީކާއީލް ވިދާޅުވީ، ޕާޓީން މިހާރު އާންމުކުރާ އޮޑިޓް ރިޕޯޓުތަކުގައި ހަރަދުތަކުގެ އެކަށީގެންވާ ތަފްސީލު ނުހުންނަ ކަމަށާއި، ހަމައެކަނި އަހަރަކު އެއްފަހަރު ނެރޭ އޮޑިޓް ރިޕޯޓަކުން އާންމު މެންބަރުންނަށް ފުދިގެން ނުދާނެ ކަމަށެވެ. އަދި ފައިސާ ހޭދަވި ގޮތުގެ ފުރިހަމަ ތަފްސީލުތައް މެންބަރުންނަށް އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަަހަރަކު އެއްފަހަރު އާންމު ކުރާ އޮޑިޓް ރިޕޯޓަކުން ނުފުދޭ. މުސާރައަށް 4 މިލިއަން ހަރަދުވީ ކިހިނެއްކަމާއި ޕާޓީގެ ހަރުމުދަލުގެ ތަފްސީލު މެންބަރުންނަށް އެނގެންޖެހޭ. ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ މި ޕާޓީ ހިންގައެއް ނުލެވުނޭ ބަދަލު ކުރާށޭ!" މީކާއީލް ވިދާޅުވި އެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ އާންމު މެންބަރުން ބޭނުންވަނީ ހަމައެކަނި ގާނޫނީ ޒިންމާއެއް އަދާކުރުމުގެ ގޮތުން ނެރޭ އޮޑިޓް ރިޕޯޓެއްގެ ބަދަލުގައި، އެ މީހުންގެ ޕާޓީގެ ފައިސާއާއި މުދާ ބޭނުންކުރެވެމުންދާ ގޮތުގެ ހަގީގީ މަންޒަރު ފެންނާނެފަދަ ފުރިހަމަ، ދެފުށް ފެންނަ ނިޒާމެކެވެ. މުސާރަތަކަށް އެތައް މިލިއަން ރުފިޔާއެއް ހޭދަވާއިރު، އެކަމުގެ ފުރިހަމަ ތަފްސީލު އެނގުމަކީ އާންމު މެންބަރުންގެ ހައްގެއް ކަމަށާއި، ޕާޓީގެ ހިންގުން ބަދަލުކުރަން އާންމު މެންބަރުން ގޮވާލަނީ މިފަދަ ސަބަބުތަކާ ހުރެކަމަށް "އިތުބާރު" ކެމްޕެއިނުން ދެކެ އެވެ.
މުރަނގަ ގަހުން ފެނުގެ މައިކްރޯޕްލާސްޓިކް ސާފުކޮށްދޭ: ދިރާސާ
މެޓް ގާލާ 2026: މިފަހަރު ކަރަން ޖޯހަރް އަލަށް ބައިވެރިވަނީ
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
