މުޅި ރާއްޖޭގައި ޑެންގީ ހުން އާދަޔާހިލާފަށް އިތުރުވަމުންދާ މި ދުވަސްވަރު، ފާއިތުވި 10 ދުވަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ހދ. ކުޅުދުއްފުށިން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 10 ދުވަހު ރިޕޯޓްކުރި 107 ކޭސްގެ ތެރެއިން 62 ކޭސް ނުވަތަ 57.94 އިންސައްތަ ރިޕޯޓްކޮށްފައިވަނީ ކުޅުދުއްފުށިންނެވެ. މީގެ އިތުރުން ށ. މިލަންދޫން 17 ކޭސް އަދި ގދ. ތިނަދޫން 16 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. ކުޅުދުއްފުއްޓާއި ތިނަދޫއަކީ ރީޖަނަލް ހޮސްޕިޓަލްތައް ހުންނަ ރަށްރަށަށް ވުމުން، މީގެ ތެރޭގައި އެ ސަރަހައްދުގެ އެހެން ރަށްރަށުން ހިދުމަތް ހޯދަން ދިޔަ މީހުން ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.
އަތޮޅުތަކުގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ހދ. އަތޮޅުންނެވެ. އެ އަތޮޅުން 83 ކޭސް ރިޕޯޓްކޮށްފައިވާއިރު، ގދ. އަތޮޅުން 35 ކޭސް އަދި ކ. އަތޮޅުން 29 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
މިދިޔަ މަހު މުޅި ރާއްޖެއިން 635 މީހުން ޑެންގީއަށް ޕޮޒިޓިވްވިއިރު، މި އަހަރު ޑެންގީއަށް ޕޮޒިޓިވްވާ އަދަދު މިދިޔަ އަހަރު މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި 3، ގެ ނިޔަލަށް މުޅި ރާއްޖެއިން 2،459 މީހުން ޑެންގީއަށް ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން 410 މީހުންނަކީ މާލެ ސަރަހައްދުން ރިޕޯޓުކުރި ކޭސްތައް ކަމަށްވާއިރު، ބާކީ 2،049 ކޭސް ރިޕޯޓުކުރީ އަތޮޅުތެރޭގެ ރަށްތަކުންނެވެ.
އެންސްޕާގެ ސީއީއޯ ކަމަށް ސްޓޭޓް މިނިސްޓަރު ޝިރުނާ
ކޯޓަށް މައްސަލަ ވެއްދީ މި ޓީމަކުން ނޫން: ނަޝީދުގެ ތަރުޖަމާނު