ބޮލީވުޑްގެ މަޝްހޫރު ޒުވާން ބަތަލާ ދިޝާ ޕަޓާނީ ހޮލީވުޑަށް ތައާރަފްވާ ފުރަތަމަ ފިލްމު "ދަ ޕޯޓަލް އޮފް ފޯސް"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ދިޝާ ބުނެފައިވަނީ، މިއީ އޭނާގެ ކެރިއަރުގައި ވަރަށް ތަފާތު އަދި އާ ތަޖުރިބާއެއް ކަމަށެވެ. އަދި މި ފިލްމުގެ މަސައްކަތަކީ އެއްފަހަރާ އޭނާ ވަރަށް ބިރުގަތް، ނަމަވެސް އެހާމެ އުފާވެރި އިހުސާސްތަކެއް ކުރެވުނު މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
"ދަ ޕޯޓަލް އޮފް ފޯސް" އަކީ ސުޕަނެޗުރަލް އެކްޝަން-ތުރިލާ އެކެވެ. މި ފިލްމުގައި ދިޝާ ކުޅެނީ "ޖެސިކާ" ކިޔާ މުހިންމު ރޯލެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ދުނިޔެގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތްކުރާ ދެ ފެކްޝަނެއްގެ މެދުގައި ހިނގާ ހަނގުރާމައެއްގެ މައްޗަށެވެ.
ދިޝާ އިތުރަށް ބުނިގޮތުގައި، ބައިނަލްއަގުވާމީ ފެންވަރުގެ މިފަދަ ބޮޑު މަޝްރޫއެއްގައި މަސައްކަތް ކުރުމަކީ އޭނާގެ އެކްޓިން ހުނަރު އިތުރަށް ކުރިއަރުވަން ލިބުނު ރަނގަޅު ފުރުސަތެކެވެ.
އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަފާތު ފަންނާނުންނާއެކު މަސައްކަތް ކުރުމުން ގިނަ ކަންތައްތަކެއް ދަސްވި ކަމަށްވެސް އޭނާ ބުންޏެވެ.
މި ފިލްމަކީ މަޝްހޫރު އެކްޓަރު ކެވިން ސްޕޭސީ ގިނަ ދުވަސްތަކަކަށްފަހު ޑައިރެކްޝަނަށް އެނބުރި އައި ފިލްމެވެ. ދިޝާގެ އިތުރުން އެ ފިލްމުގެ މުހިއްމު ރޯލުތަކުން ކެވިން ސްޕޭސީ، ޓައިރީސް ގިބްސަން އަދި ޑޮލްފް ލުންޑްގްރެން ފެނިގެންދާނެ އެވެ.
"ދަ ޕޯޓަލް އޮފް ފޯސް" ގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެ އެވެ.
ރިތޭޝްގެ "ރާޖާ ޝިވާޖީ"އަށް ބޮޑު ކާމިޔާބީއެއް!
އެމެރިކާއިން އަދިވެސް އީރާނުގެ ޖަވާބެއްގެ އިންތިޒާރުގައި
ސެމްސަންގްއާ ދެކޮޅަށް ޑުއަލިޕާ ދައުވާއެއް ކޮށްފި