ރައީސް އޮފީހުގެ އަންހެން މުވައްޒަަފަކާ ދަންވަރު ގަޑީގައި ރައީސް މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވި ކަމުގެ ކޯލް ލޮގްތައް އެބަހުރި ކަމަށް ބުނެ އެކަމުގެ ތަފްސީލް ހާމަކޮށް އެމަނިކުފާނާ ސުވާލުކޮށްފައިވާތީ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ކްރިމިނަލް ކޯޓުން ޝަހުޒާނަށް ފޮނުވި ޗިޓްގައި ވަނީ އޭނާ ކޯޓަށް ހާޒިރުކުރަނީ އެ ސުވާލުކުރި މައްސަލަ ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާފައިވާތީ ކަމަށެވެ.
އެކަމަކީ އެ ކޯޓުން ނެރުނު އަމުރާ ހިލާފު ކަމެއް ކަމަށް ބެލެވޭ ކަމަށް އެ ޗިޓްގައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އެއީ ކޯޓު އަމުރާ ހިލާފު ކަމެއް ކަމަށް އަމިއްލަފުޅަށް ކަނޑައަޅުއްވާފަ އެވެ.
ޝަހުޒާން ހާޒިރުކުރަނީ މާދަމާ 1:00 އަށެވެ.
އެ އަމުރު ކްރިމިނަލް ކޯޓުން ނެރުނު ހަބަރު އަދަދު ނޫހުގައި ލިޔެފައިވާތީ އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް މާދަމާ 11:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.
ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ބާރު ރައީސަށް ދޭތީ ކަންބޮޑުވުން