ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީނދޫ އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު އެލާޓްގައި ބުނެފައިވަނީ އެ ސަރަހައްދަށް މިއަދު 2:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރާ ދުވަސްވަރުކަމުން، ހުރިހާ އަތޮޅުތަކަށްވެސް މޫސުން ވަނީ ގޯސްވެފަ އެވެ. އެގޮތުން ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މިރެޔާ ހަމައަށް ވަނީ ހުދު އެލާޓް ނެރެފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ. އެހެންކަމުން، ކުރިއަށް އޮތް ހަފުތާ ބަންދުގައި ވާރޭ ވެހޭ މިންވަރު މަދުވެ، މޫސުން ކުޑަކޮށް ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު އެބައޮތް: އީރާން
މައްސަލަ ހުށަހަޅާފައި ވަނިކޮށް ނާޒިމް މެލޭޝިޔާއަށް