މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް، ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން އުފައްދަވާ އިއްތިހާދުގެ ސިޔާސީ މަގުޗާޓު އެކުލަވާލުމުގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް ތާވަލުކޮށްފި އެވެ.
މިއީ މި ތިން ރައީސުންގެ މެދުގައި ސިޔާސީ މަޝްވަރާތަކަށް މިފަދަ ރަސްމީ ކޮމިޓީއެއް އެކުލަވާލި ފުރަތަމަ ފަހަރެވެ. މި ކޮމިޓީން އިއްތިހާދުގެ ކުރިމަގުގެ ހަރަކާތްތަކާއި އިސްތިރާޖީ ރޭވުންތައް ކަނޑައަޅާނެއެވެ.
ކޮމިޓީގައި ތިން ރައީސުން ތަމްސީލުކުރައްވާ މަންދޫބުން:
- ރައީސް ނަޝީދު: ފައްޔާޒު އިސްމާއީލް (އެމްޑީޕީގެ ކުރީގެ ޗެއާޕާސަން) އަދި އީވާ އަބްދުالله (މަޖިލީހުގެ ކުރީގެ ނައިބު ރައީސް)
- ރައީސް ސޯލިހު: އަހުމަދު ސަލީމް (މަޖިލީހުގެ ކުރީގެ ނައިބު ރައީސް) އަދި މުހައްމަދު ރަޝީދު ހުސައިން، (އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު)
- ރައީސް ޔާމީން: މުހައްމަދު މަލީހު ޖަމާލް (ކުރީގެ މިނިސްޓަރު) އަދި އިސްމާއިލް ޒަރިޔަންދު (މާލޭގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި)
މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުން އެކުގައި މަސައްކަތް ކުރަން ނިންމެވި ނަމަވެސް، މިއީ ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން ހެދި ކޯލިޝަނެއް ނޫން ކަމަށް ސާފުކޮށްދެއްވާފައިވެ އެވެ. އަދި ތިން ރައީސުންގެ ފަރާތްޕުޅުން އެކުލަވައިލި މި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ ގައުމުގެ މިހާރުގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން، ސަރުކާރުގެ ނުރަނގަޅު ކަންކަން އިސްލާހުކޮށް، ގައުމު ހަމަމަގަށް އެޅުވުމަށް ގުޅިގެން މަސައްކަތް ކުރުން ކަމަށް އެ ރޭ އެ ތިން ބޭފުޅުން ވެސް ވިދާޅުވި އެވެ.
"ޕީސީއޯއެސް"އަށް މުޅިން އާ ނަމެއް!
ޒުވާނުންގެ މެދުގައި "ބާން އައުޓް އާއްމުވާ ސަބަބު!