މ. ވޭވަށު ކައުންސިލް އިންތިހާބުގައި ބޭނުންކުރި ބައެއް ވޯޓު ކަރުދާސްތަކުގައި ހުރި ފާހަގަތަކެއްގެ ސަބަބުން، އެ ކަރުދާސްތައް ބާތިލުކުރަން ހުށަހެޅި މައްސަލަ ބެލުމަށްފަހު، އެއީ ބާތިލު ވޯޓެއް ކަމަށް ހައިކޯޓުން ހުކުމްކުރި މައްސަލަ އިދިކޮޅު އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން ހައިކޯޓުން ވަނީ ލ. ވޭވަށު ކައުންސިލްގެ މެންބަރު ކަމަށް ލީ ތިން ވޯޓެއް ބާތިލު ކަމަށް ކަނޑައަޅާފަ އެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ.
އެ ތިން ވޯޓު ބާތިލު ކުރުމުން އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންވެ، ހައިކޯޓުގެ ހުކުމާ އެކު 119 ވޯޓުން އިންތިޚާބު ކާމިޔާބުވަނީ ޕީއެންސީގެ ކެންޑިޑޭޓަށެވެ.
މި މައްސަލައާ ގުޅިގެން އެއީ، ވޯޓު ކަރުދާސް ޕްރިންޓް ކުރިއިރު ހުރި ތިކިތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް ވަނީ ބުނެފަ އެވެ.
ހަމައެއާއެކު މީދޫ ކައުންސިލް ރައީސް ހޮވުމުގައި ވޯޓުގެ މައްސަލަ ޖެހި، އެ ވޯޓުގެ އިތުރު ބުރުގެ ވޯޓުލުން އަންނަ ޖޫން މަހުގެ 13 ގައި ބާއްވާ ގޮތަށް އީސީ އިން ވަނީ މިފަހުން ނިންމައިފަ އެވެ.
އިޒްރޭލްގެ ފިނޭންސް މިނިސްޓަރު ހައްޔަރުކުރަން އެދިއްޖެ
ދިވެހިންނަށް ތައިލެންޑަށް ދަތުރު ކުރެވޭ މުއްދަތު ކުޑަކުރަނީ