ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެ، އޭގައި ތިބި ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.
މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ ކަނޑުމަތިން ދެ ލޯންޗެއް މުޑިއެރުމުގެ ސަބަބުންނެވެ. ނަމަވެސް، މި ހާދިސާގައި ބައިވެރިވި އަނެއް ލޯންޗަށް ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
މި ލޯންޗަކީ ވިލިމާލެއިން ފުރައިގެން ގިރިލަންކަންފުއްޓަށް ދިއުމަށް ދަތުރުކުރި އުޅަނދެކެވެ. އަދި މި ހާދިސާ ހިނގާފައި ވަނީ ވިލިމާލެ ބޭރުން އެ ރަށާ ދާދި ކައިރި ސަރަހައްދެއްގައި އޮއްވަ އެވެ.
އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، މި ހާދިސާގައި "ޓުއާ ގާޑް" ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް އެކި ވަރުގެ ސީރިއަސް އަނިޔާތައް ލިބިފައިވެ އެވެ. އެ ދެ މީހުން ކޯސްޓްގާޑުގެ އުޅަނދެއްގައި ވަގުތުން މާލެ ގެނެސް، އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ. އަދި މިހާރު އެ ދެ މީހުންނަށް އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައި އަވަސް ފަރުވާ ދެމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމީހުންނަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލީ މައުލޫމާތެއް ހޮސްޕިޓަލުން ހިއްސާއެއް ނުކުރެ އެވެ.
ހާދިސާގެ ސީންއިން އެމްއެންޑީއެފްއިން އާއްމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، އެކްސިޑެންޓްވި ލޯންޗުގެ ކުރީކޮޅު ފުނޑުފުނޑުވެ، ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރެވެ އެވެ.
މަޖިލީހުގެ އާ ނައިބު ރައީސަކު ހޮވުމަށް މިއަދު އިތުރު ޖަލްސާއެއް
ހަނގުރާމައާ ހެދި ރަސްމާލެ މަސައްކަތް ކުރަން އުނދަގޫ: ރައީސް