މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ އެރިއާނާ ގްރާންޑޭ އާއި ބްރޯޑްވޭގެ ތަރި އީތަން ސްލޭޓާގެ ލޯބީގެ ގުޅުން ތިން އަހަރަށްފަހު ނިމުމަކަށް އައިސްފައިވާކަން ބޭރުގެ މީޑިއާތަކުން ހާމަކޮށްފި އެވެ.
މިއުޒިކަލް ފިލްމު "ވިކެޑް"ގެ ސެޓުން 2022 ވަނަ އަހަރު ދިމާވެ 2023 ގެ ހޫނު މޫސުމުގައި ރަސްމީކޮށް ލޯބީގެ ގުޅުމެއް ފެށި މި ދެ ތަރިން ވަކިވި ނަމަވެސް، އެމީހުންގެ މެދުގައި އޮތް ރަހުމަތްތެރިކަން އަދިވެސް އެބައޮތް ކަމަށް ހަބަރުތައް ބުނެ އެވެ.
ޕީޕަލް، ޓީއެމްޒީ އަދި ޕޭޖް ސިކްސް ފަދަ މަޝްހޫރު މީޑިއާތަކަށް މައުލޫމާތު ދެމުން ދެމީހުންގެ ގާތް ފަރާތަކުން ބުނެފައިވަނީ އެރިއާނާ އާއި އީތަން ވަކިވީ މީގެ މަސްތަކެއް ކުރިން ކަމަށެވެ.
"އެމީހުން ވަކިވީ މީގެ މަސްތަކެއް ކުރިން. އެކަމަކު އަދިވެސް ދެމީހުންނަކީ ގާތް ރަހުމަތްތެރިން. އެކަކު އަނެކަކަށް ބޮޑު ގަދަރަކާއި އިހުތިރާމެއް ކުރޭ،" އެ ފަރާތުން ބުންޏެވެ.
މި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ނަމަވެސް ލޯބީގެ ގުޅުމަކަށްވުރެ ރަހުމަތްތެރިންގެ ގޮތުގައި ތިބުން ދެމީހުންނަށްވެސް މާ ރަނގަޅުވާނެތީ ނިންމި ނިންމުމެއް ކަމަށްވެސް ބުނެފައިވެ އެވެ.
އެރިއާނާ، 32، އާއި އީތަން، 34،ގެ ގުޅުން ފެށުނު ދުވަސްވަރު ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ސަބަބަކީ އެ ދުވަސްވަރަކީ އެރިއާނާ އޭނާގެ ކުރީގެ ފިރިމީހާ ޑަލްޓަން ގޮމޭޒްއާ ވަކިވި ދުވަސްވަރަށް ވެފައި އީތަން ވެސް އޭނާގެ އަނބިމީހާ ލިލީ ޖޭއާ ވަކިވެ ކޯޓަށް މައްސަލަ ހުށަހެޅި ދުވަސްވަރަށް ވުމުންނެވެ. ނަމަވެސް އަރިއާނާ ވަނީ މީޑިއާތަކުން އީތަންގެ އަގު ވައްޓާލަން ދޮގު ވާހަކަތައް ފަތުރާ ކަމަށް ބުނެ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.
މި ވަގުތު އަރިއާނާ ހުރީ ވަރަށް އުފަލުން ކަމަށާއި، އޭނާގެ މުޅި ސަމާލުކަން ހުރީ މިހާރު ފަށާފައިވާ "އިޓާނަލް ސަންޝައިން" މިއުޒިކް ޓުއާ އަށާއި އަންނަ ޖުލައި މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އޭނާގެ އާ އަލްބަމް "ޕެޓަލް"އަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސިކުނޑީގެ ޓިއުމަރެއްގެ ފުރަތަމަ އަލާމާތްތައް!
އީރާނުން އެމެރިކާގެ ވަރުގަދަ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލައިފި
ޓްރަމްޕް އަނެއްކާވެސް ނަތަންޔާހޫއަށް އިންޒާރުދެއްވައިފި