ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އާއި މުބާރާތުގައި އަލަށް ވާދަކުރާ ކޭޕް ވާޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ ހައިރާންކުރެވުނު ނަތީޖާ އެވެ.
ރޭގެ މެޗުގެ ކުރިން ބެލެވުނީ ފީފާ ރޭންކިންގެ 67 ވަނައިގައި އޮތް ކޭޕް ވާޑް އަތުން ރޭންކިންގެ ދެވަނައިގައި އޮތް ސްޕެއިން ފަސޭހަކަމާއެކު މޮޅުވާނެ ކަމަށެވެ. އެކަމަކު މެޗުގެ ނިމިގެންދިޔައީ ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށެވެ.
މުޅި މެޗުގައި ސްޕެއިން އިން ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ކޭޕް ވާޑްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. ސްޕެއިން އަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ކޭޕް ވާޑްގެ ގޯލު ބަލަހައްޓަމުންދިޔަ އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ އެވެ.
ދާދި ފަހުން އަނިޔާއަކުން ރަނގަޅުވެ، ވޯލްޑް ކަޕަށް ފިޓުވި ސްޕެއިންގެ ތަރި ލަމީން ޔަމާލާއި ނީކޯ ވިލިއަމްސް އަދި ޑެނީ އޮލްމޯ ފަދަ ކުޅުންތެރިން ދެވަނަ ހާފުގައި ކުޅެން އެރި ނަމަވެސް، ސްޕެއިންއަށް ތަފާތު ދެއްކޭ ގޮތެއްނުވި އެވެ.
"އަހަރަމެންނަށް ދިމާވި މައްސަލައަކީ ގޯލު ކުރިމަތީގައި ތަފާތު ނުދެއްކުން،" މެޗަށް ފަހު ސްޕެއިންގެ ކޯޗ ލުއިސް ޑެލަ ފުއެންޓޭ ބުންޏެވެ. "އަހަރަމެންނަށް އެނގޭ ކޭޕް ވާޑާކީ ވަރަށް އޯގަނައިޒް ޓީމެއް. މުޅި ޓީމު ފަހަތަށް ޖެހިގެން ކުޅުނީ. މައްސަލައަކަށް ދީމާވި އެފަދަ ޑިފެންސެއް ފޫއަޅުވާލުމަށް ދޭންޖެހޭ ސަމާލުކަން ނުދެވުނީ."
ޖަރުމަނު ވޯލްޑް ކަޕް ފެށި ހަތް ލަނޑާއެކު
އެންމެ ކާމިޔާބު މިއުޒިކަލް ބައޮޕިކްގެ ޝަރަފު "މައިކަލް"އަށް!
ދިރާގުން 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފުކޮށްފި