ރާއްޖޭ ސަރަހައްދަށް ދެކުނު އޭޝިއާ މީހުން މަނާކޮށްފައި ވީނަމަވެސް މޯލްޑިވިއަންގެ ދަތުރުތައް އެ ސަރަހައްދުތަކަށް ކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މޯލްޑިވިއަނުން ބުނީ އެ ކުންފުނިން ބަންގްލަދޭޝްގެ ޑާކާއާއި އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރަމުން އައި ދަތުރުތައް މެދުކެނޑުމެއްނެތި ކުރާނެ ކަމަށެވެ. އެ ދަތުރުތައް ކުރަނީ އެ ގައުމުތަކުގައި ތިބި ދިވެހިންނާއި ރާއްޖޭގައި ތިބި އެ ގައުމުތަކުގެ މީހުންނަށް އަމާޒުކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
ދެކުނު އޭޝިއާ ސަރަހައްދުން މިއަދުން ފެށިގެން އަންނަ ފަތުރުވެރިން ފިޔަވައި އެހެން މީހުން ރާއްޖެ އައުން އެޗްޕީއޭއިން ވަނީ މަނާކޮށްފަ އެވެ. އެ ސަރަހައްދުތަކުން ރާއްޖެއަށް ފަތުރުވެރިންނަށް އާދެވުނަސް މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިންނަކަށް ނުދެވޭނެ އެވެ.
މީގެ އިތުރުން ވެސް ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަޙައްދުތަކުން ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެއަށް އެތެރެވުން މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަފްޣާނިސްތާން، ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ.
ފުންފަޅުގޭގައި ރޯވުން: 28 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދިން
ދިރާގުޕޭއިން ބިލް ދައްކައިގެން ބާލީއަށް ދިއުމުގެ ފުރުސަތު
ބީއެމްއެލް އާއި މާސްޓަ ކާޑު ގުޅިގެން 100،000ރ. ލިބޭ ޕްރޮމޯޝަނެއް
ލައްޗޫ ދެކޭގޮތުގައި މިފަދަ ޕެންޑެމިކް ދުވަސްވަރެއްގައި މިދެންނެވިގޮތަށް ދަތުރުފެށުމަކީ އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ރަގަޅު ސިފައެއް.