އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމާއެކު ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދަނިކޮށް، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނަގަނީ ހަމައެކަނި ދެވޭ ހިދުމަތްތަކުގެ ބަދަލުގައި ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، އީރާނުން މަސައްކަތް ކުރަނީ ކަނޑުއޮޅިން ހުރަސްކުރާ އުޅަނދުފަހަރުގެ އަތުން ހަމައެކަނި ދަތުރުކުރާތީ ނަގާ "ޓްރާންސިޓް ޓޯލް" އެއް ނަގާކަށް ނޫން ކަމަށެވެ. ނަމަވެސް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުގެ ރައްކާތެރިކަމަށްޓަކައި ފޯރުކޮށްދެވޭ ހާއްސަ ހިދުމަތްތަކުގެ ބަދަލުގައި ފީ ނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާނު އިތުރަށް ހާމަކުރެއްވި ގޮތުގައި ބޯޓުފަހަރުން ނަގާ ފީގެ ބަދަލުގައި ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާއި، ދަތުރުފަތުރުގެ އެހީތެރިކަން (ނެވިގޭޝަނަލް އެސިސްޓެންސް) ފޯރުކޮށްދިނުމުގެ އިތުރުން ކަނޑުގެ ސަރަހައްދު މެނޭޖްކުރުން ހިމެނިދާނެ އެވެ. ނަމަވެސް މި ޕްލޭންގެ ދަށުން ހިމެނޭ ވަކި ހާއްސަ ހިދުމަތްތަކުގެ ތަފްސީލީ މައުލޫމާތެއް އީރާނުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބޮޑު ބައެއް ހުރަސްކުރާ ހޮރްމޫޒް ކަނޑުއޮޅީގައި މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކުރުމަކީ ދާދިފަހުން އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރެވުނު ތާރީހީ އެއްބަސްވުމުގެ އެންމެ މުހިންމު އެއް މާއްދާ އެވެ. މި ފަހުމުނާމާއަށް ބައިނަލްއަގުވާމީ މުޖުތަމައުންނާއި ދިވެހިރާއްޖޭގެ ސަރުކާރުން ވެސް ވަނީ މަރުހަބާ ކިޔާފަ އެވެ.
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި
މުއިއްޒަކީ ބޭވަފާތެރިއެއް: ނަޝީދު