އީރާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒަރު ޕަރަސްތޫ އަހުމަދީ އާއި އޭނާގެ މިއުޒިކް ޓީމުގެ އަށް މެންބަރަކު 74 އެތިފަހަރުން ހައްދު ޖެހުމަށް އީރާނުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
މި ހުކުމް އައިސްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޕަރަސްތޫ އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރި ކޮންސެޓެއްގައި، އީރާނުގައި އަންހެނުންނަށް މަޖުބޫރު ބުރުގާ ނާޅާ، ގައުމީ ލަވައެއް ކިޔުމާ ގުޅިގެންނެވެ.
އީރާނުގެ ގޮމް ޕްރޮވިންސްގެ ކްރިމިނަލް ކޯޓުން ކުރި މި ހުކުމުގައި، 74 އެތިފަހަރު ޖެހުމުގެ އިތުރުން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ގައުމުން ބޭރަށް ދިއުން މަނާކު ރުމާއި، ދެ އަހަރު ވަންދެން އެއްވެސް އާޓިސްޓިކް ނުވަތަ ފަންނީ މަސައްކަތެއް ކުރުންވެސް ވަނީ މަނާ ކޮށްފަ އެވެ.
ކޯޓުގެ ލިޔެކިޔުންތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮ ތުގައި، އެ ފަންނާނުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އިންޓަނެޓްގައި "ބޭއަ ދަބީ އަދި އަހުލާގީ ގޮތުން ދަށު ދަރަޖައިގެ" ކޮންޓެންޓް އުފައްދައި ޝާއިއުކުރުމުގެ ޒަރީއާއިން މުޖުތަމައުގެ އަދަބު އަހުލާގު ނަގާލުމުގެ ކުށުގަ އެވެ.
އުމުރުން 29 އަހަރުގެ ޕަރަސްތޫ އަހުމަދީ ބުރުގާ ނާޅާ ހުރެ ކިޔައިދިން "އަޒް ޚޫނޭ ޖަވާނާނޭ ވަތަން" (ގައުމުގެ ޒުވާނުންގެ ލެއިން) ނަމަކަށް ކިޔާ މި ލަވަ ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ޔޫޓިއުބްގައި މިލިއަނުން ވިއުސް ހޯދާފަ އެވެ.
މި ވީޑިއޯ އާއްމުވިތާ މާ ގިނައިރެއް ނުވެ، އީރާނުގެ ސަލާމަތީ ބާރުތަކުން ޕަރަސްތޫ އާއި ބައެއް މިއުޒީޝަނުން ހައްޔަރުކުރި އެވެ. ނަމަވެސް އޭރު ކުރު މުއްދަތަކަށްފަހު ދޫކޮށްލުމަށްފަހު، މިހާރު މިވަނީ ރަސްމީކޮށް ބޮޑު އަދަބެއް ކަނޑައަޅާފަ އެވެ.
މި ނިންމުމާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ދަނީ އީރާނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އެމެރިކާގައި ހުންނަ 'ސެންޓާ ފޯ ހިއުމަން ރައިޓްސް އިން އީރާން'ގެ އެޑްވޮކަސީ ޑިރެކްޓަރު ބަހާރު ގަންދަހާރީ ވިދާޅުވީ ހަމައެކަނި ލަވަކިޔުމާއި ބުރުގާ ނާޅާ ފެނުމުގެ ސަބަބުން 74 އެތިފަހަރު ޖެހުމަކީ އީރާނުގެ ސަރުކާރުން ބޭރު ދުނިޔެއަށް ދެއްކުމަށް ކިތަންމެ ޕްރޮޕަގަންޑާއެއް ހިންގިޔަސް، އެ ގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަދަލު ނުވާކަމުގެ ހިތާމަވެރި ހެކި ލިބޭ ކަމެއް ކަމަށެވެ.
އީރާނުގެ އެކްޓިވިސްޓުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ 'ދާދްބާން' ޖަމްއިއްޔާގެ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނީ ވަކީލު މުއީން ހަޒާއިލީ ބުނިގޮތުގައި މި ހުކުމަކީ ގާނޫނީ އެއްވެސް އަސާސެއް އޮތް ހުކުމެއް ނޫނެވެ.
އީރާނުގެ ގާނޫނުލްއުގޫބާތުގައި އަންހެނުން ލަވަކިޔުމާއި، މިއުޒިކް ކުޅުމާއި ނުވަތަ އުފެއްދުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައެއް ނުވެ އެވެ.
އެހެންކަމުން އެފަދަ އަމަލެއް "ބޭ އަދަބީ ކޮންޓެންޓް" އުފެއްދުމުގެ ގޮތުގައި މާނައެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އެއާއެކު ހައްދު ޖެހުމުގެ އަދަބަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކުރާ، އިންސާނިއްޔަތާ ހިލާފު އަނިޔާގެ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
2022 ވަނަ އަހަރު އީރާނުގެ މޯރަލިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުއްޓާ މަހްސާ އަމީނީ ނިޔާވުމާ ގުޅިގެން ފެށުނު "ވުމަން، ލައިފް، ފްރީޑަމް" (އަންހެނުން، ދިރިއުޅުން، މިނިވަންކަން) ހަރަކާތަށްފަހު، އީރާނުގެ ގިނަ އަންހެން ފަންނާނުން ދަނީ ސަރުކާރުގެ ހަރުކަށި ގާނޫނުތަކާ ދެކޮޅަށް ފާޅުގައި އަޑު
އުފުލަމުންނެވެ. ޕަރަސްތޫ އަހުމަދީގެ މި ހުކުމަކީ ފަންނާނުންގެ މިފަދަ މިނިވަން އަޑުތައް ކަނޑުވާލުމަށް ސަރުކާރުން ބިރު ދެއްކުމުގެ ގޮތުން ކުރި ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.
ވޯލްޑް ކަޕް: ގަދަ ހޫނާއެކު އެންމެންނަށް ބޮޑު ގޮންޖެހުމެއް!
ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލު ކޮމިޓީއަށް
އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ އިސްތިއުފާ ދެއްވައިފި